ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވާމެންޓް މިނިސްޓްރީން ފަށައިފި

Mcl

މާލެއަށް ވާރޭ ވެހުމާއެކު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވާމެންޓް މިނިސްޓްރީން މިއަދު ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ އެ ހަރަކާތް ފެށީ މިއަދު ހެނދުނު 9:30ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިން ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރުވަނީ އެ ސަރަހައްދަށް ވަޑައިގެން، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.

އެއީ މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމަށް ހިންގާ ހަރަކާތެކެވެ. އެ ހަރަކާތުގެ މަގްސަދަކީ ވާރޭވެހުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ކުޑަކޮށް ދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ހަރަކާތް ކުރިއަށްގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދުކުރާނެ އެންމެ ފަހު ދުވަހަކީ ބުދަ ދުވަސް

778

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

121

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

121

55 ކައުންސިލް އިމާރާތް އަޅަން މެލޭޝިޔާގެ ކުންފުންޏާއެކު ވި އެއްބަސްވުން ބާތިލްކޮށްފި

TTH_advertisement