ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ކޮތަރުތަކަށް ޖެހިފައިވަނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔައް: މިނިސްޓްރީ

B nfy9rd1ee1a1ild0n4mwk04mw
ކޮތަރުތަކުން ސާމްޕަލް ނަގަނީ — ފޮޓޯ: އެނިމަލް ވެލްފެއާ މިނިސްޓްރީ

މާލޭގެ އެކި ސަރަހައްދުތަކުން ކޮތަރުތަކަށް ޖެހިފައިވަނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަވުމާއެކު އެކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި އެ މިނިސްޓްރީން ސާމްޕަލް ނަގައި ތަހުލީލުތައް ހަދާފައިވާނެ ކަމަށެވެ.

“މި ތަހުލީލުތަކުން ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަން ކޮރައިޒާ ކަމަށް ދެނެގަނެވިފައިވެއެވެ. މި ބައްޔަކީ އާންމުކޮށް ދޫނި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ..،” މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ އެ ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓަރީ ޓެސްޓުތަކުގެ މައްޗަށް ކަމަށާއި އެއީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށެވެ.

“މީގެ އިތުރުން ތަހުލީލުތަކުން އެ ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަކުރަމެވެ. އިންފެކްޝަން ކޮރައިޒާގެ އިތުރުން ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވެއެވެ. މި ބަލި ޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސައި ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކާން ބުއިމަށް އުނދަގޫވެއެވެ. މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލުވާނެ ބައްޔެކެވެ..،” މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ ބައްޔަކީ އިންސާނުންނަށް އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިކުރާވެ ބައްޔެއް ނޫން ކަމަށާއި ނަމަވެސް ރައްކާތެރިގޮތަކީ ކުޑަކުދީން، މަރުވެފައިވާ ކޮތަރު ނުވަތަ ބަލިވެފައިވާ ކޮތަރުތަކާ ކައިރިނުކުރުމާއި، ބޮޑެތި މީހުން ވެސް އެތަކެތީގައި އަތްލައި ހިފައި އުޅޭ އިރު، ރައްކާތެރިކަމުގެ ވަސީލަތެއް ބޭނުންކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުތުރުގެ ބާރަ ރަށެއްގައި ގްރީން ހައުސް ގާއިމްކޮށްފި

Plant 945x630

ގަވާއިދާ ހިލާފަށް 4732 ގަހާއި ގަހުގެ ބާވަތްތައް އެތެރެކޮށްފި

37766

ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދަނީ

Img 7360

ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރަން ފުރުސަތުތަކެއް ހުޅުވާލައިފި

TTH_advertisement