ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ގަސްކެނޑުމުގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ: ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ މަގުތަކުގައި ހެދިފައިވާ ގަސްތައް ކެނޑުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ މީޑިއާ ވަސީލަތް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ މާލޭގެ މަގުތަކުގައި ހެދިފައިވާ ގަސްތައް މާލޭ ސިޓީ ކައުންސިލުން އަމިއްލަ އިޚްތިޔާރުގައި ކަނޑާލުމަކީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ކައުންސިލްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެފައިވަނީ ގަސް އުފުރާލުމާއި ކެނޑުމަކީ ކައުންސިލުން ކުރުމަށް ގަސްތުކުރާ ނުވަތަ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ބައެއް ފަހަރު ބޮޑެތި ގަސްތައް ހެދިފައި ހުންނަ ގޮތުން ރައްޔިތުންގެ މުދަލަށާއި ގޭގޭގެ ގޯތިތެރެއަށް ގަހުގެ ފަތްތައް އެޅޭ ކަމަށާއި، ގަހުގެ މޫތަކުން ޕޭވްމަންޓް އުފުލި، ގާތަކުގައި އަޅައިގަނެ ވެއްޓި ގިނަ ބަޔަކަށް އަނިޔާވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން، ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި ގަހުގެ ގޮފިތަކުން ގޭގެއަށް މީދަލާއި އެހެނިހެން ދިރޭތަކެތި ވަންނަ ކަމުގެ ޝަކުވާތަކާއި، މަގުން ދަތުރުކުރާ ބޮޑެތި އުޅަނދުފަހަރު ގަސްތަކުގެ ގޮފިތަކުގައި އަޅައިގަނެ، ދަތުރުކުރުމަށް ދަތިވެ، ގަހަށާއި އުޅަނދުތަކަށް ގެއްލުންވާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މޭޔަރު ޢާޒިމް ވިދާޅުވެފައިވަނީ އުމުރުން ދުވަސްވެ ނިކަމެތިވެފައިވާ ގަސްތައް ކެނޑުނު ނަމަވެސް، އައު ގަސްތައް އިންދައި މާލެ އިތުރަށް ފެހިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދު
ނޮޓް ރިލެވެންޓް ، މަޑުަމަޑުނު ހުންނެވެން ރަގަޅީ، ގަހެއް ކަޑާނީ އެއައްވުރެ މުހިއްމު ކަމެއްކުރަން!

ގުޅުންހުރި

ޔާމީނާއެކު ވެސް މަސައްކަތް ކުރަން ތައްޔާރު: ނަޝީދާއި އިބޫ

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިސް 10 އަހަރުގެ ޖަލު ޙުކުމެއް

Original 1701491375267

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ރައީސް ނަޝީދުވެސް ތާއީދުކޮށްފި

ރައީސް ނަޝީދު މޯދީއާއި ބައްދަލު ކުރައްވައިފި

TTH_advertisement