ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޔޫއެންގެ ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި މިނިސްޓަރު ތޯރިގް ބައިވެރިވެވަޑައިގެންފި

އެންވައިރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އަލްފާޟިލް ތޯރިގް އިބްރާހީމް ވަނީ ޔުނައިޓެޑް ނޭޝަންސްގެ ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ.

ބާލިންގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި، ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރުމާއި، ބައިނަލްއަޤްވާމީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަމާންކަން ޤާއިމުކުރުމާއި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތަކެއްވެސް މިނިސްޓަރު ކުރެއްވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ސަމިޓަކީ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ތޯރިގް ވަނީ އައިޓީބީ ބާލިން 2025 ގައި ދުބައި ނެޝަނަލް އެއާ ޓްރެވަލް އޭޖެންސީ (ޑީއެންއޭޓީއޭ) އާ ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕާޓްނަރޝިޕްތައް ހަރުދަނާކުރުމާއި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

މެރިން ރިސާރޗް ސެންޓަރެއް ޖަވަކަރަ ރިސޯޓުގައި ހުޅުވައިފި

ކިހާ ރިސޯޓް ހިންގަމުންދަނީ ގާނޫނާ ހިލާފަށް، ފިޔަވަޅު އަޅާނެ: ޓޫރިޒަމް

TTH_advertisement