ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް ބާއްވައިފި

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ފްލެޓް ޝަކުވާތަކަށް އެކަށީގެންވާ ހެކި ހުށަހެޅިއްޖެނަމަ މައްސަލަ ދިރާސާކޮށް ވެރިފައި ކުރެވޭނެ: މިނިސްޓްރީ

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނާޒިމް ވިދާޅުވެފައިވަނީ، ފްލެޓް ލިސްޓާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކުގައި އެކަށީގެންވާ ހެކި ހުށަހެޅިއްޖެނަމަ، އެ މައްސަލަތައް ފުރިހަމައަށް ދިރާސާކޮށް ވެރިފައި ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، އެންމެ ފަހުން އާންމުކުރެވުނު ފްލެޓް ލިސްޓަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުން މި ވަގުތު ވަކި އެއްޗެއް ދެންނެވެން ނެތް ނަމަވެސް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ.

“ސަރުކާރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އެކަން ޗެލެންޖު ކުރުމުގެ ފުރުސަތު ދިނުމަކީ ޝަކުވާ ހުށަހެޅުމުގެ މަރުޙަލާގެ މައިގަނޑު މަޤްޞަދު،” ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހެކިތަކާއެކު ހުށަހެޅޭ ޝަކުވާތައް ވަރަށް ތަފްސީލީކޮށް ދިރާސާކުރެވޭނެ ކަމަށާއި، މި ދިރާސާތަކުގެ އަލީގައި ލިސްޓަށް ބަދަލުތަކެއް އަތުވެދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިކުރުމުގެ ސްކީމްގެ ދަށުން 4000 ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް މުރާޖަޢާކުރުމަށްފަހު، އައު ލިސްޓެއް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އާންމުކޮށްފައެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިހާތަނަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަ ހަފުތާގައި ގޯތި ދޫކުރާ އުސޫލު އާންމުކުރާނަން: ރައީސް

ގުޅިފަޅުން ގޯތި ލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

gedoru veriya

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

gedoru veriya

75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭ ގޮތް ހަދަނީ

TTH_advertisement