ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ކުބާސީ ބޭރުކުރުމަށްފަހުވެސް ބާސެލޯނާ މޮޅުވެއްޖެ

Gettyimages 2061697414.jpg

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި، ބާސެލޯނާއިން 1-0 ގެ ނަތީޖާއެއް ހޯދައިފިއެވެ. މި ކާމިޔާބީ ހޯދީ މެޗުގެ ގިނަ ވަގުތު 10 ކުޅުންތެރިންނާއެކު ކުޅެންޖެހުމުންވެސް މެއެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް ބާސެލޯނާއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 22 ވަނަ މިނިޓުގައި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޕައު ކުބާސީއަށް ރަތް ކާޑު ދައްކައި ދަނޑުން ބޭރުކުރުމާ ގުޅިގެންނެވެ.

ކުބާސީއަށް ސީދާ ރަތް ކާޑު ދެއްކީ އެންމެ ފަހު ކުޅުންތެރިޔާގެ ގޮތުގައި ހުރެ ބެންފީކާގެ ޕްވްލީޑިސްއަށް ފައުލްކުރުމާ ގުޅިގެންނެވެ.

އެއް ކުޅުންތެރިޔަކު މަދުވުމާއެކު، ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ ޓީމަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން ޑެނީ އޮލްމޯގެ ބަދަލުގައި އަރައުހޯ ކުޅެން ނެރުނެވެ.

މެޗުގެ ހަމައެކަނި ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ 61 ވަނަ މިނިޓުގައި ރަފީނިއާއެވެ. ބެންފީކާގެ ޑިފެންޑަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ރަފީނިއާ ޖެހި މި ލަނޑަކީ މި ސީޒަނުގައި އޭނާ ޖެހި 25 ވަނަ އަދި މި މުބާރާތުގައި ޖެހި 9 ވަނަ ލަނޑެވެ.

މެޗުގެ 82 ވަނަ މިނިޓުގައި ބެންފީކާގެ އެންޑްރިއާ ބެލޮޓީއަށް ޝެޒްނީ ކުރި ފައުލަކާ ގުޅިގެން، ރެފްރީ ފުރަތަމަ ބެންފީކާއަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު، އޭގެ ކުރިން ބެންފީކާގެ ކުޅުންތެރިޔަކު އޮފްސައިޑްގައި ހުރިކަން ފާހަގަކުރެވި، ރެފްރީ އެ ނިންމުން ބަދަލުކުރިއެވެ.

މި މުބާރާތުގެ ލީގު ބުރުގައި މިދިޔަ ޖެނުއަރީ މަހު މި ދެ ޓީމު ލިޒްބަންގައި ބައްދަލުކުރިއިރު، މެޗު ނިމުނީ 5-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައިވެސް ބާސެލޯނާގެ މޮޅުވުމުގެ ލަނޑު ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

MTCC Advertisement TTH Advertisement