ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާއި ޖަމީލް އައްޔަންކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަނީ

އިސްރަށްވެހިންގެ ޖަމިއްޔާއާ ރައީސް ބައްދަލުކުރައްވައިފި

394692 0dd1dd58 1
އިސްރަށްވެހިންގެ ޖަމިއްޔާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން — ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި، އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން، އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި އެ ބޭފުޅުން ރައީސްއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ހާއްސަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާ ފަދަ އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ރައީސްއާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދިނުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ހާމަކުރައްވައި، ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި، ދިވެހި މުޖުތަމައަކީ ތަހުޒީބު މުޖުތަމައަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ހާމަކުރެއްވި ކަމަށާއި އެގޮތުން ރާއްޖޭގެ ކުރިމަގަށް ފައިދާ ހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވި ކަމަށެވެ.

މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ އެކިއެކި މަސައްކަތުގެ މައުލޫމާތު ރައީސް އެ ބޭފުޅުންނާ ހިއްސާކުރެއްވި ކަމަށާއި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ހުށަހެޅުއްވި އެކިއެކި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

North harbour mpl

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް

ބޭރުގެ ގުޅުންތައް ރަނގަޅުވުމުން ފައިދާ ކުރާނީ ރައްޔިތުންނަށް: މަތީން

Snapedit 1754141248866

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ELL Mobile Advertisement TTH_advertisement