ކުއްލި ޚަބަރު

މޫސުމީ ދޫނިތައް ހިފާނަމަ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ބޭންކުތައް މިއަދު ބަންދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފައިވާ ގޮތުގައި، މޫސުމުގެ ގޯސްކަމާ ގުޅިގެން މިއަދު އެ މުއައްސަސާއާއި އެހެނިހެން ބޭންކުތައް ބަންދުކުރެވޭނެއެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، އެމްއެމްއޭ އާއި އެހެނިހެން ބޭންކުތަކުގެ ޚިދުމަތްތައް މެދުކެނޑޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެމިގެންދާ ވިއްސާރައާއި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވައި، މާރިޗު 2، 2025 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ކ. އަތޮޅުގެ ހުރާ އަދި ގުރައިދޫގައިވެސް ފެންބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މި ހާލަތާ ގުޅިގެން، ގައުމީ ދިފާއީ ބާރުން ވަނީ އިއްޔެ ރޭއްސުރެ މި ދެ ރަށުގައި ފެން ހިންދުމުގެ މަސައްކަތް ފަށައި، މެދުނުކެނޑި ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި، ފައިނޭންސް ރޯޑްމެޕް އިފްތިތާހުކޮށްފި

ފަސޭހައިން ލޯނު ލިބޭ އެމްއެމްއޭ ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރަނީ

ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގައި ދެ ގައުމުގެ ފައިސާ ބޭނުންކުރެވޭނެ

TTH_advertisement