ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު މަޤާމުން އިސްތިއުފާ ދެއްވައިފި

އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މިފްކޯގެ ސީއީއޯ މަޤާމުން ވަކިކުރައްވައިފި

މިއަދުން ފެށިގެން އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިއްޖެ

މިއަދުން ފެށިގެން އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިއްޖެއެވެ.

ޒަކާތު ހައުސްއިން އިޢުލާން ކުރައްވާފައިވާ ގޮތުގައި، މިއަދުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަމުން ގެންދާނެއެވެ. މިގޮތުން، އަންނަނިވި 5 ޕްލެޓްފޯމް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ:

1. ދިރާގު އެޕް އަދި ދިރާގު ޕޭ (ވެބްސައިޓް)
2. އުރީދޫ އެމް-ފައިސާ (އެޕްލިކޭޝަން)
3. މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
4. ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން
5. ފަހިޕޭ (އެޕްލިކޭޝަން)

މީގެ އިތުރުން، ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ފިޠުރު ޒަކާތް ދެއްކުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ފާހަގަކޮށްލަމެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް ދަންނަވަމެވެ. އަދި ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަން ވެސް ފާހަގަކުރަމެވެ.

ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމާއި، މިއީ ރަމަޟާންމަސް ނިމުމާއެކު ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެއްކަން ހަނދާންކޮށްދެމެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ސްޓެލްކޯއިން ކަރަންޓް ބިލްކޮށްފައި ވާނީ މީޓަރަށް އަރާ ވަރަށް: ފަހުމީ

394692 0dd1dd58 1

އިސްރަށްވެހިންގެ ޖަމިއްޔާއާ ރައީސް ބައްދަލުކުރައްވައިފި

STO Supermart

އެސްޓީއޯ އިން ކާށި ޝިޕްމަންޓެއް ގެނެސް، ހެޔޮ އަގުގައި ވިއްކަން ފަށައިފި

suood

ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވައިފި

Ad (2025-02-20 10:54:13)