ކުއްލި ޚަބަރު

ރަމަޟާން މުބާރަކް، މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ރަމަޟާން މަހުގެ ފެން ބިލްތަކަށް ޑިސްކައުންޓް ދިނުމުގެ އުސޫލު ހާމަކޮށްފި

ފިކުރީ ބިނާކުރުމުގެ ތެރެއިން ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން މުހިއްމު: ރައީސް

އަޒާންގެ ދިފާއުގައި ޝުއާއު ނުކުންނަވައިފި

Axxx

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގުގެ ދިފާއުގައި އޭނާއާ ވާދަކުރައްވައި ބަލިވި ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ނުކުންނަަވައިފިއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަދުކުރަން ކޯޓުތަކާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް އަޒާން ވޯޓެއް ނުދެއްވައެވެ. އޭނާ ވަނީ ވޯޓުގައި ބައިވެރިނުވެ ތަޅުން ދޫކުރައްވައި ނުކުންނަވާފައެވެ. އެ މައްސަލައިގައި އަޒާން ވަނީ ޕީއެންސީގެ ޕީޖީ ވަޓްސްއަޕް ގްރޫޕްއިން  ބޭރުވެސްކޮށްފައެވެ.

އެ މައްސަލައިގައި އަޒާންގެ ދިފާއުގައި ޝުއާއު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަޒާންއާ ވާދަކުރި މަޖިލިސް އިންތިހާބުގެ ދުވަސްވަރު މާޒީވެ ގޮސްފައިވާ ކަމަށާއި އަދި މިހާރު އަޒާންއަށް ހެޔޮ ވިސްނުން ލިބިފައިވާ ކަމަށެވެ.

އަދި މާޒީގައި ހެދިފައިހުރި ގޯސްތަކުން އަރައިގަނެ އަޒާން މިހާރު އިސްކުރަމުން ދަނީ ގައުމާއި ރައްޔިތުންގެ މަަސްލަހަތުކަމަށް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރަޓިކް އުސޫލްތަކާއި ހިލާފަށް ކުރަމުންދާ ކަންތައްތައް ހުއްޓާލައި ސްޓިއަރިން ކޮމިޓީއިން އަޒާންއަށް ފުރައްސާރަކުރުމާއި، ބިރުދެއްކުން ހުއްޓާލައި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭން މަގު ފަހިކޮށް ދިނުމަށް ޝުއާއު ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރަމަޟާން މުބާރަކް، މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ރަމަޟާން މަހުގެ ފެން ބިލްތަކަށް ޑިސްކައުންޓް ދިނުމުގެ އުސޫލު ހާމަކޮށްފި

އޮޅު ހިޔާ އިން 15 ބުޅަލަށް ޖާގަދީފި

ރޯދައިގެ މަޤްޞަދަކީ ތަޤުވާވެރިވުން، ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަ ހޯދުން: ޚުޠުބާ

Mulhi Raajje