ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ސްޓެލްކޯއިން ރޯދަމަހުގެ ކުރިން ރީޑިން ނަގައި ނިންމުމަށް ޚާއްސަ ޙަރަކާތެއް ފަށައިފި

ސްޓެލްކޯއިން މިއަދު ފަށައިފައިވާ ޚާއްސަ ޙަރަކާތެއްގެ ދަށުން، ރޯދަމަހުގެ ކުރިން ކަރަންޓު ބިލުގެ ރީޑިން ނަގައި ނިންމުމަށް މަސައްކަތް ފަށައިފިއެވެ. މި ޙަރަކާތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާ ގުޅިގެން، މި ޚާއްސަ ޙަރަކާތް ވަނީ ފަށާފައެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި ރީޑިން ނެގުމުގެ މަސައްކަތުގައި ސްޓެލްކޯގެ އެކި މަޤާމުތައް އަދާކުރާ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ސަލީމް ވިދާޅުވީ، މާދަމާ ނަގާ ރީޑިން ހިމަނައިގެން ތައްޔާރުކުރާ ބިލްތައް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އާންމު ގޮތެއްގައި މުޅި މާލެ ސަރަޙައްދުގެ ރީޑިން ނެގުމަށް 12 ވަރަކަށް ދުވަސް ހޭދަވާއިރު، މިފަހަރު އެ މަސައްކަތް އެންމެ ދުވަހަކުން ނިންމުމަށް ވަނީ ރޭވިފައެވެ.

ސްޓެލްކޯއިން މިއަދު ފަށައިފައިވާ ޚާއްސަ ޙަރަކާތް

ސަލީމް އިތުރަށް ވިދާޅުވީ، ރޯދަމަހުގެ ބިލް ތައްޔާރުކުރުމަށްޓަކައި ރޯދައިގެ ފަހު ދުވަހުވެސް ރީޑިން ނަގައި ނިންމާނެ ކަމަށެވެ. މިފަހަރު ބިލް ތައްޔާރުކުރާނީ މާދަމާ އާއި ރޯދަމަހުގެ ފަހު ދުވަހު ނަގާ ރީޑިން ބޭނުންކޮށްގެން، މުޅި މަހަށް ވަކި ޚާއްސަ ބިލެއްގެ ގޮތުގައެވެ. މިގޮތަށް ހަދަން ނިންމި މައިގަނޑު ސަބަބަކީ މިދިޔަ އަހަރު ބިލްކޮށްފައި ހުރި ގޮތުން ދެ ބިލުންވެސް ޑިސްކައުންޓް ދޭން ޖެހުނު މައްސަލަ ހައްލުކުރުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް ގޮވާލާފައިވަނީ މާދަމާ ކަރަންޓު ބިލަށް ރީޑިން ނަގަން ފަށާއިރު، މިކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށެވެ. ގޭގައި ގިނަ ވަގުތު ނޫޅޭނަމަ، އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ވަގުތަކާ ދިމާކޮށް ރީޑިން ނަގަން މުވައްޒަފުން ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމުގައި މިދިޔަ އެއް އަހަރުގެ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލާނެ ކަމަށާއި، އަދި ޑިސްކައުންޓް ދޭނީ އިތުރުވާ އަދަދަށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

B Bukatee
Reading mihaaru nagaa iru oiy adhadhah billready kohdheefinama warah rangalhu

ގުޅުންހުރި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ELL Mobile Advertisement TTH_advertisement