ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ފަސް ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ރުހުން ދީފި

Non Residents 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަސް ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަނުކުރެއްވުމަށް ހުށަހެޅުއްވި ނަންފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާޤުން ރުހުން ދެއްވައިފިއެވެ.

މި މަޤާމުތަކަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ބޭފުޅުންނަކީ:

1. ބްރުނާއީގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް – މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު
2. ލަގްޒަމްބާގްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް – ބެލްޖިއަމްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ގީލާ ޢަލީ
3. ނެދަލެންޑްސްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް – ބެލްޖިއަމްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ގީލާ ޢަލީ
4. ފްރާންސްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް – އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އިރުތިޝާމް އާދަމް
5. އޮސްޓްރޭލިއާގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް – ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުޙައްމަދު ލުވޭޒު

މި ފަސް ޤައުމުގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އެ ބޭފުޅުން ޢައްޔަނުކުރެއްވުމަށް ރުހުން ދެއްވުމަށް މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި، ޑރ. ޝަބީނާއަށް 47 މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ. ގީލާ ޢަލީއަށް 48 މެންބަރުންގެ ވޯޓު ލިބިވަޑައިގަތްއިރު، އިރުތިޝާމް އާދަމަށް 45 މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ. އަދި މުޙައްމަދު ލުވޭޒަށް 48 މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ.

މީގެއިތުރުން، މިއަދު ވެސް އިތުރު ދެ ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majlis

ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީ

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

dr khaleel

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

338785 01b42110 6

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި

TTH_advertisement