ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މާއެނބޫދޫ ގައި 32 ހެކްޓަރުގެ ބިން ހިއްކަން ނިންމަވައިފި

Dsc 1265

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. މާއެނބޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ގިނަގުނަ ވަޢުދުތަކެއް ވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި:

1. ބިން ހިއްކުން: ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އީއައިއޭ ނިންމައި، ވީ އެންމެ އަވަހަކަށް ބިން ހިއްކުމުގެ މަސައްކަތް ފެށުން. މީގެ ތެރޭގައި 30 ހެކްޓަރުގެ ބިމާއި، ވަކިން 2 ހެކްޓަރުގެ ބިމެއް ހިމެނެއެވެ.

2. ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުން: ފެނާއި ނަރުދަމާގެ މަޝްރޫޢު އަލުން ފެށުމާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް މެއި މަހު ނިންމުން.

3. ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުން: ފުޓުބޯޅަ ދަނޑާއި، ވޮލީ ކޯޓު، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުން.

4. ސިއްޙީ ޚިދުމަތް ފުޅާކުރުން: ސިއްޙީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް އިތުރުކޮށް ފުރިހަމަކުރުން.

5. ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން: އާރުޓީއެލްގެ ޚިދުމަތް ދ. އަތޮޅުގައި ފެށުން.

6. ކަރަންޓުގެ މައްސަލަ ޙައްލުކުރުން: މާއެނބޫދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުން.

މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އައު ސިޔާސަތަކީ އެއް ފަރާތަކާ މުޅި މަޝްރޫޢު ޙަވާލުކޮށް، މެދުނުކެނޑި ކުރިއަށް ގެންގޮސް ނިންމުމެވެ. މި ސިޔާސަތުގެ ދަށުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސަރުކާރު ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު މާހިރު

Mal

އަލިބާބާގެ ވޯކްޝޮޕަށް 448 ފަރާތަކުން ރަޖިސްޓްރީކޮށްފި

112

ލޮރީ ދިޔައީ މީހެއްގެ ގައިމަތިން، ހާލު ސީރިއަސް، އައިޖީއެމްއެޗްގައި ފަރުވާދެނީ

ރައީސް ނޭޕާލްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

TTH_advertisement