ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

 ރޯދަހަދިޔާ ޓޯކެން ދޫކުރަން ފެށުމާއެކު ސްޓެލްކޯ އެޕަށް ޑީޑޮސް ހަމަލާތަކެއް

ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށުމާއެކު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މޮބައިލް އެޕްލިކޭޝަނަށް ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރޯދަހަދިޔާގެ ގޮތުގޮތުގައި ދޫކުރާ މަސްދަޅު ހޯދުމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން މި ހަމަލާ އަމާޒުވެފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނު ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

އަޅުގަނޑުމެންގެ ސައިބަރ ސެކިއުރިޓީ ޓީމުގެ ހަރުދަނާ މަސައްކަތުން މިހާރު މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައިވާނެ,މި ހާދިސާއާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި އުނދަގޫތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަޢާފަށް އެދެން.

މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ވަނީ ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އަދި މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ކަސްޓަމަރުންނަށް އިތުރު އިރުޝާދުތަކެއްވެސް ދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ސަރުކާރުން ރަމަޟާން މަހާ ދިމާކޮށް ހިންގާ މި ޚާއްޞަ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ބަހަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ELL Mobile Advertisement TTH_advertisement