ކުއްލި ޚަބަރު

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

ޢުލްޔާ ދެ ޤައުމީ ރެކޯޑެއް އައުކޮށްފި

ހުރިހާ ގެއަކަށް މަސްދަޅުކޭސް ލިބެންދެން ދޫކުރާނަން: އާދަމް ޝަރީފް

ޢުލްޔާ ދެ ޤައުމީ ރެކޯޑެއް އައުކޮށްފި

397672 3 7b5739e849fbcfa0e4d87a8a4b9a6e1d9eaa7833 Medium

އޮސްޓްރޭލްރޭލިއާގައި ބޭއްވުނު ފެތުމުގެ މުބާރާތެއްގައި ދިވެހި ފެތުންތެރިޔާ ޢާއިޝަތު ޢުލްޔާ ޝާއިޤް ދެ ޤައުމީ ރެކޯޑެއް އައުކޮށްފިއެވެ. އެއީ އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އަދި 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑެވެ.

އޮސްޓްރޭލިއާގެ ވެސްޓަރން އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ ވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓް 28.64 ސިކުންތުން ނިންމާލައިފައެވެ. މިއީ އޭނާ އަމިއްލައަށް މިދިޔަ އަހަރު 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ކަނޑައެޅި 29.29 ސިކުންތުގެ ރެކޯޑަށްވުރެ ހަލުވި ދުވެއްޔެކެވެ.

Gkw4thxxuaajwov

ހަމަ މި މުބާރާތުގައި ޢުލްޔާ ވަނީ 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑުވެސް އައުކޮށްފައެވެ. މި އިވެންޓް ޢުލްޔާ ނިންމާލީ 34.18 ސިކުންތުންނެވެ. މިއީ މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އައިޝަތު ސައުސަން ކަނޑައެޅި 34.32 ސިކުންތުގެ ރެކޯޑަށްވުރެ ހަލުވި ދުވެއްޔެކެވެ.

ޢުލްޔާގެ މި ކާމިޔާބީއާއެކު އޭނާ ވަނީ ދިވެހި ފެތުމުގެ ތާރީޚުގައި އަނެއްކާވެސް އާ ސަފުހާއެއް ލިޔެފައެވެ. މި ކާމިޔާބީއަކީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއަށް އިތުރު ކާމިޔާބީތަކެއް ހޯދުމަށް އޮތް ފުރުޞަތެއް ކަމުގައި ފެތުމުގެ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.

ގުޅުންހުރި

6bf03ec3 51c9 488e B16c F89816616541

ކުޑަގިރި ޕިކްނިކް އައިލެންޑް ގައި ޤުދުރަތީ މާޙައުލު އިތުރަށް މުއްސަނދި ކުރުމަށް ޚާއްޞަ ހަރަކާތްތަކެއް

392777 402172e3 C

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

Whatsapp Image 2025 02 22 At 09.46.10

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

Capture 33

ކުރީގެ މެމްބަރ ސައުދު ބަލިކޮށް ހުސައިން އެމްޑީޕީ ގައުމީ މަޖިލީހަށް

Mulhi Raajje