ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިން މަދީނާ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްފި

Img 8834 1536x1024

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު (ވަމީ) ގުޅިގެން ކުރިއަށްގެންދާ ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިން، އިސްލާމީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒުކަމަށްވާ މަދީނާ އިސްލާމީ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި ބައިވެރިންވަނީ ޔުނިވަރސިޓީގެ ތަޢުލީމީ އަދި އިދާރީ ހިންގުން ބަލައިލުމުގެ އިތުރުން، ޔުނިވަރސިޓީގެ މިސްކިތަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި މީގެ އިތުރުން، އިސްލާމީ ތާރީޚުގައި މުހިންމު މަޤާމެއް ޙާޞިލުކޮށްފައިވާ މަސްޖިދުއްނަބަވީއަށާއި، މަދީނާގެ އެހެނިހެން އިސްލާމީ ތަރިކައިގެ ތަންތަނަށްވެސް ޒިޔާރަތްކޮށްފައިވެއެވެ. މިގޮތުން ޤުބާ މިސްކިތަށާއި، އުޙުދު ހަނގުރާމައިގެ މައިދާނުގެ އިތުރުން މަދީނާގައި ހުންނަ އިސްލާމީ މައުރަޒަށް ޒިޔާރަތްކޮށް، ނަބިއްޔާގެ ޙަޔާތްޕުޅާ ގުޅޭ ތާރީޚީ މަޢުލޫމާތާއި، މަސްޖިދުއްނަބަވީއަށް އައިސްފައިވާ ތަރައްޤީގެ ބަދަލުތަކާ ބެހޭ މަޢުލޫމާތު ބައިވެރިންވަނީ އެއްކުރައްވާފައެވެ.

މި މަހުގެ 14 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ދިވެހިރާއްޖޭގެ އެކި މަތީ ތަޢުލީމީ މަރުކަޒުތަކުގެ ދަރިވަރުންގެ ޖަމްޢިއްޔާތަކާއި، ތަފާތު ކޮލެޖުތަކާއި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން، ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންވެސް ބައިވެރިވެފައިވެއެވެ.

މި ދަތުރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ދަތުރެއްކަން ޚާއްޞަކޮށް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

mtcc

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

ELL Mobile Advertisement TTH_advertisement