ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ބަޖެޓުގެ އަރަނި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 45.3 އިންސައްތަ އިތުރު

Big C6ojjpssn01re3rcnkbfevwyn
މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުމާއެކު، ބަޖެޓުގެ އަރަނި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 45.3 އިންސައްތަ އިތުރުވެފައިވެއެވެ.

މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު ޝާއިޢުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު، މިހިނގާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 3.3 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި ޓެކުސް ނޫން އެހެނިހެން ގޮތްގޮތުން 393.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 16.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 3.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ ދަށް އަދަދެކެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދުތައް 19.9 އިންސައްތަ ދަށްވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 34.5 އިންސައްތަ ދަށްވެފައިވެއެވެ. މީގެ އިތުރުން، ކެޕިޓަލް ޚަރަދުތައްވެސް 86 އިންސައްތަ ދަށްކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުމުގެ ސަބަބުން، ބަޖެޓުގެ އަރަނި އިތުރުވެފައިވެއެވެ. ޖުމްލަ އަރަނި ނުވަތަ ސާޕްލަސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު 886.9 މިލިއަން ރުފިޔާއަށްވުރެ 45.3 އިންސައްތަ އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ބިން ވިއްކާނެކަމަށް ބުނެ ފައިސާނެގި މައްސަލައިގަ އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

ޤައުމީ ދިފާއީ ބާރަށް އަލަށް ތައާރަފްކުރި ނިޝާން ރައީސް އިފްތިތާޙްކޮށްދެއްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

TTH Advertisement MTCC Advertisement