ކުއްލި ޚަބަރު

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

ޢުލްޔާ ދެ ޤައުމީ ރެކޯޑެއް އައުކޮށްފި

ހުރިހާ ގެއަކަށް މަސްދަޅުކޭސް ލިބެންދެން ދޫކުރާނަން: އާދަމް ޝަރީފް

ޝޫޓިންގ މުބާރާތުގައި ރާއްޖޭގެ އީޝަލް ހޯދި ރިހި މެޑެލް ކާމިޔާބަށް ރައީސްގެ މަރުހަބާ

Img 6211

ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑެލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވުނު އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި، އޭޝިއާ ބައްރުގެ ނަންހުރި ގައުމުތަކުގެ އެތުލީޓުންނާ ވާދަކޮށް، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ދިވެހިރާއްޖޭގެ އީޝަލް ވަނީ ރިހި މެޑެލް ހޯދައި، ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. ފައިނަލް މެޗުގައި އީޝަލް ރިހި މެޑެލް ހޯދީ 229.2 ގެ ސްކޯއަކާއެކުގައެވެ. އެ ކެޓެގަރީން ރަން މެޑެލް ހޯދި ޗައިނީޒް ޓައިޕޭގެ ލިއައޮ ކެ ރޮންގްއަށް ލިބުނީ 231.2 ޕޮއިންޓެވެ.

މި ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި، ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑެލް ހޯދައިދިން އީޝަލްއަށް މަރުޙަބާ ދަންނަވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، “15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ބޭއްވުނު އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައެވެ. އޭޝިއާގެ 23 ޤައުމަކުން ބައިވެރިވި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރިހޯދާފައެވެ.”

އީޝަލް ހޯދި މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ޝޫޓިންގ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެވެ. އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑެލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފައިވަނީ ޝޫޓިންގގެ ގައުމީ ރިކޯޑު 517 ޕޮއިންޓާއެކު ހަދައިގެންނެވެ.

މަޖީދިއްޔާ ސްކޫލުގެ 15 އަހަރުގެ ދަރިވަރު، އީޝަލް މި ފަޚުރުވެރި ކާމިޔާބީ ހޯދާފައިވަނީ އެކި ގައުމުތަކުގެ 19 ޝޫޓަރުންގެ ތެރެއިން އެންމެ މޮޅު އަށް ޝޫޓަރުންގެ ތެރެއަށް ގޮސްގެންނެވެ. އޭނާ މި މުބާރާތުގައި ވާދަކުރުމަށް ބެންކޮކަށް ދަތުރުކުރީ އެންމެ ތިން މަސްދުވަހުގެ ތަމްރީނަށްފަހުގައެވެ. ޖުމްލަ 23 ގައުމަކުން މި މުބާރާތުގައި ބައިވެރިވިއިރު، އީޝަލް މިކާމިޔާބީ ހޯދާފައިވަނީ 21 ގައުމުގެ ކުޅަދާނަ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

މީގެއިތުރުން، މި މުބާރާތުގެ މިކްސްޑް ޓީމު ޖޫނިއަރ ބައިގެ ފައިނަލުގައިވެސް އީޝަލް އަދި މޫސާ ނުޢައިމް ޙުސައިން ވަނީ ވާދަކޮށްފައެވެ. ނަމަވެސް އެ މުބާރާތުގައި ދިވެހި ޓީމް ބަލިވެފައިވަނީ އެންމެ ވަޒަނެއްގެ ކުޑަ ތަފާތަކުންނެވެ.

އީޝަލްގެ މި ތާރީޚީ ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި، ޚާއްޞަކޮށް ޝޫޓިންގ ސްޕޯޓްސްގައި އައު ހަރުފަތަކަށް އަރައިގަތުމުގެ ފެށުމެކެވެ. މި ކާމިޔާބީން ދައްކުވައިދެނީ ދިވެހި ޒުވާނުންގެ ހުނަރާއި ޤާބިލުކަމެވެ. އަދި އެކަށީގެންވާ ތަމްރީނާއި ވަސީލަތްތައް ލިބިއްޖެނަމަ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިން ކުރިއަރައިގެންދާނެކަމުގެ ހެއްކެކެވެ.

މި ކާމިޔާބީއަކީ ހަމައެކަނި އީޝަލްއަށް ނޫނީ ޝޫޓިންގ ސްޕޯޓްސްއަށް އެކަނި ލިބުނު ކުރިއެރުމެއް ނޫނެވެ. މިއީ މުޅި ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތްވަރަކާއި ފަޚުރެކެވެ. މިފަދަ ކާމިޔާބީތަކުން ޒުވާން ޖީލުތަކަށް ލިބިގެންދަނީ ބޮޑު ހިތްވަރަކާއި ފޯރިއެކެވެ. އަދި ކުޅިވަރުގެ ދާއިރާއިން ކުރިއަރައި، ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ.

އެހެންކަމުން މަރިޔަމް އީޝަލް މިޞްބާޙުގެ މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ވަރުގެ މުހިންމު ހާދިސާއެކެވެ. މި ކާމިޔާބީއަކީ ކުރިއަށް އޮތް ތަނުގައި ދިވެހި ކުޅިވަރު ވެރިންނަށް މަގުދައްކައިދޭނެ އަލިމަގެއް ކަމުގައި ދެކެމެވެ.

ގުޅުންހުރި

Whatsapp Image 2025 02 22 At 09.46.10

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

Capture 33

ކުރީގެ މެމްބަރ ސައުދު ބަލިކޮށް ހުސައިން އެމްޑީޕީ ގައުމީ މަޖިލީހަށް

Stelco App Demo 1

 ރޯދަހަދިޔާ ޓޯކެން ދޫކުރަން ފެށުމާއެކު ސްޓެލްކޯ އެޕަށް ޑީޑޮސް ހަމަލާތަކެއް

19b10db3 8f92 4d33 8cfa Bf2853d50f57

މިރާލް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑު އާކޮށްފި

Mulhi Raajje