ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ބެންކަށް ދައްކަންޖެހޭ ލޯނެއް ނުދައްކައިގެން ކުރީގެ މެމްބަރު މުހައްމާގެ މައްޗަށް ހުކުމެއް

20210730095717 1627621037.jpg
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)

ބީއެމްއެލްއަށް ދައްކަންޖެހޭ ލޯނެއް ގަވާއިދުން ނުދައްކާތީ އެ ފައިސާ މަހުންމަހަށް ބަހާލައިގެން ދައްކަން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ގެ މައްޗަށް ހުކުމެއް އިއްވައިފިއެވެ.

ހިނގަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ކޮންމެ މަހަކު މަދުވެގެން 83،000ރ ދައްކަން މުހައްމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ހުކުމުގައި ބުނެފައިވާގޮތުން ރަހުނުގެ ގޮތުގައި ހަމަޖައްސާފައި އޮތް ހ. ފުރާތު ވިއްކާލުމަށް ބޭންކުން ހުށަހެޅިނަމަވެސް، މުހައްމާ ވެސް ބޭނުންވަނީ ބަހާލައިގެން ދަރަނި އަދާކުރަންކަމަށްވާތީ ބެންކުން ވެސް ވަނީ އެގޮތަށް އެއްބަސްވެފައެވެ. ދެ ފަރާތުން ވެސް މިގޮތަށް ބޭނުންވާތީ 31 މެއި 2026 ގެ ނިޔަލަށް ބަހާލައިގެން އެ ފައިސާ ދައްކަން ވަނީ ހުކުމްކޮށްދީފައެވެ. ނަމަވެސް ހުކުމް ކޮށްފައިވަނީ ދެ ފަރާތުގެ ވެސް ޣައިރު ހާޒިރުގައެވެ.

މުހައްމާއަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ބްރޯޑްކޮމްއަށް އައްޔަނުކޮށްފައިވާ މެންބަރެކެވެ. އޭނާއަކީ ކުރިން އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކޮށްފައިވާ ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އީނާޒް
ބަސްހުއްޓިފައި މަމިހިރީ ދެކެދެކެ ބަލަ މިވާގޮތް
އ އިބުރާހިމް
ވަރަށް ދެރަކަމެއް ތިޔައީ ތިކަން ހުއްޓާލަން ވެއްޖެނޫންތަ މުހައްމާ؟
އ އިލްޔާސް
އަދިވެސް ފިލްމު ކުޅެން ތިޔަ އުޅުއްވަނީ

ގުޅުންހުރި

Ii

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަނީ

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް

112

އިސްލާހުތަކާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

nazim majilis

ކޮރަޕްޝަން ހިންގަން ނިޔަތް ގަނެގެން ތިބި މީހުންނަށް ރައްކާތެރިކަމެއް ނޯންނާނެ: ނާޒިމު

TTH_advertisement