ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޔޫރަޕުގައި ރަޖިސްޓަރީކޮށްފައިވާ މަތިންދާބޯޓުތައް މަރާމާތު ކުރުމުގެ ހުއްދަ އައިލެންޑް އެވިއޭޝަނަށް

131151806 3868877729829814 8298752237557153088 N

ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) ޕާޓް-145 ސެޓްފިކެޓް އައިލެންޑް އެވިއޭޝަނަށް ލިބުމާ ގުޅިގެން ޔޫރަޕުގައި ރަޖިސްޓަރީކޮށްފައިވާ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން ކަމުގައިވާ އައިލެންޑް އެވިއޭޝަނަށް ލިބިއްޖެއެވެ. މިއީ ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) އިން ދޫކުރާ ޕާޓް-145 ސެޓްފިކެޓް ކަމަށްވާއިރު، މި ސެޓްފިކެޓް ހާސިލުކުރި ރާއްޖޭގެ ފުރަތަމަ އެއަރލައިނަކީ އައިލެންޑް އެވިއޭޝަނެވެ.

މި ސެޓްފިކެޓް ލިބުމުގެ ސަބަބުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ އިތުރު އެއަރލައިންތަކަށް އައިލެންޑް އެވިއޭޝަންގެ ފަރާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. މިކަމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ލިބިގެންދިޔަ ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މި ކާމިޔާބީއަށް މަރުޙަބާ ކިޔުއްވައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމީ އެއަރލައިން ޒަމާނީކޮށް ބާރުވެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ނަތީޖާއެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މި ސެޓްފިކެޓް ލިބުމާ ގުޅިގެން، އައިލެންޑް އެވިއޭޝަންގެ އިންޖިނިއަރުންނަށް ޔޫރަޕުގައި ރަޖިސްޓަރީކޮށްފައިވާ މަތިންދާބޯޓުތަކަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ލިބި، އެއަރލައިންތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ. އަދި މިއީ ޤައުމީ އެއަރލައިންގައި މަސައްކަތްކުރާ ފަރާތްތަކަށާއި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެއް ކަމުގައިވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ދުންފަތުގެ ބާވަތްތައް ވިއްކަން 209 ލައިސެންސް ދޫކޮށްފި

igmh

މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިއްޖެ: ޙަލީމް

އުރީދޫން ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

112

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ELL Mobile Advertisement TTH_advertisement