ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

ބައިނަލްއަޤުވާމީ 3 ޖަމިއްޔާއަކަށް މަންދޫބުން ކަނޑައަޅަން މަޖިލީހަށް ހުށަހަޅުއްވައިފި

Mg3omptjeegye7rbfjnfm2q3kfld5gixxgxh7qgs

ބައިނަލްއަޤުވާމީ ތިން ޖަމިއްޔާއަކަށް ރާއްޖޭގެ ފަރާތުން މަންދޫބުން ކަނޑައެޅުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެ މަގާމުތަކަށް އައްޔަނުކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ތަޅުމުގައި އިއުލާނުކުރެއްވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ދާއިމީ މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ:

  • އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން: ހ. އޯކިޑް، އިރުތިޝާމް އާދަމް
  • އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ: މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފް
  • ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން: މ/ ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު

މީގެއިތުރުން ކެނަޑާ އަދި މިޞްރަށް ނޮން ރެޒިޑެންޓް ސަފީރުން ހަމަޖެއްސުމުގެ މައްސަލަ ވެސް އިއުލާނުކޮށްފައިވެ އެވެ. އެގޮތުން ކެނަޑާގެ ނޮން ރެޒިޑެންޓް ސަފީރަކަށް ހަމަޖައްސަން ރައީސް ހުށަހެޅުއްވީ އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދުގެ ނަންފުޅެވެ. މިޞްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް ހަމަޖެއްސުމަށް ރައީސް ހުށަހެޅުއްވީ ސައުދީ ސަފީރަކަށް މިހާރު ހުންނަވާ އަހުމަދު ސަރީރުގެ ނަންފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

ELL Mobile Advertisement TTH_advertisement