ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ވިލިނގިލީ ރައްޔިތުން ސުލްޙަވެރި އިޙްތިޖާޖެއް ބޭއްވުމަށް ނިންމައިފި

1551345853

ގއ. އަތޮޅު ހޮސްޕިޓަލުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެދި، މިއަދު ހަވީރު ވިލިނގިލީ ރައްޔިތުން ސުލްޙަވެރި އިޙްތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ. މި އިޙްތިޖާޖު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލް ކުރިމަތީގައި ކަޅު ހެދުމުގައެވެ.

“ގއ. އަތޮޅު ރައްޔިތުންނަށް ޙައްޤުވާ ޞިއްޙީ ޚިދުމަތުގެ ފެންވަރަކީ މިއީތޯ؟” މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިޙްތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި ހޮސްޕިޓަލް ކުރިމަތީގައިވާ ހުސްބިމުގައި ކަމަށް އިޙްތިޖާޖުގެ އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ. އިޙްތިޖާޖުގައި ބައިވެރިވާ ފަރާތްތަކުން ކަޅު ހެދުން ލައިގެން ތިބުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ގއ. ވިލިނގިލީގައި ރޭ ނިޔާވި އަންހެނަކާއި އޭނާގެ ނުފުރާ ދަރިފުޅު ނިޔާވެގެން ދިޔައީ އަތޮޅުން އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބެން ނެތުމުގެ ސަބަބުން ކަމަށް އާއިލާއިން ބުނެފައިވެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އަތޮޅު ހޮސްޕިޓަލުގެ ޞިއްޙީ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ރައްޔިތުން ވަނީ އަޑުއުފުލާފައެވެ.

ބޮޑު އާބާދީއަކަށް ޚިދުމަތްދޭ އަތޮޅު ހޮސްޕިޓަލެއްގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި އެން.އައި.ސީ.ޔޫއެއް ނެތުމަކީ ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ކަމަށް ރައްޔިތުން ފާހަގަކުރެއެވެ. އަދި މިހާރުގެ ޙާލަތުގައި އެ ތަނަކީ އަތޮޅު ހޮސްޕިޓަލެއްގެ ބަދަލުގައި ހެލްތު ޕޯސްޓެއްގެ ފެންވަރުގައި ހުރި ތަނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

މީގެ އިތުރުން، އިތުރު ފަރުވާއަށް މާލެ ފޮނުވަންޖެހޭ ޙާލަތްތަކުގައި އެފަދަ ޚިދުމަތް އަވަސްކަމާއެކު ލިބެން ނެތުމަކީވެސް އަތޮޅުގެ ގިނަ ރައްޔިތުން ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިމައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރުމަށް މިހާރު ފަށާފައިވާކަމަށް މިނިސްޓަރ އިހުސާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

އެމްޑީޕީން ރޭމުޒާހަރާ ކުރިއަށް ގެންދަން އުޅުނީ ހުއްދަ ދިން ރޫޓާ ޚިލާފަށް: އިހްސާން

18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތްކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި

TTH_advertisement