ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން “އެއްގެއިން އަނެއްގެއަށް” ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފި

Gitrpmvasaa7tej

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން “އެއްގެއިން އަނެއްގެއަށް” ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ

ރަމަޟާން މަހާ ދިމާކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން “އެއްގެއިން އަނެއްގެއަށް” ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ ގޭގައި ބޭނުންކުރާ ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރުމެވެ.

އެޗްޑީސީއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކެމްޕެއިނަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެއެވެ. މީގެ ތެރޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުފަދަ ތަކެތި ހިމެނެއެވެ. މި ކެމްޕެއިން ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކެމްޕެއިންގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމު އެޗްޑީސީއިން ހަމަޖައްސައިދޭނެއެވެ. ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް އެދިފައިވެއެވެ.

އެޗްޑީސީއިން ވިދާޅުވެފައިވަނީ މި ކެމްޕެއިންގެ މަގުސަދަކީ، ރޯދަ މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ. މީގެ އިތުރުން، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމަކީވެސް މި ކެމްޕެއިންގެ މަޤްސަދެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެޗްޑީސީގެ ސިލްވާ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި

ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން – އެޗްޑީސީ

hdc office

އެޗްޑީސީއިން ހުޅުމާލޭގައި މާދަމާ “ރޯދަ ބާޒާރު” ފަށަނީ

Amaan

ތެލަސީމިއާ ކުދިންނަށް ލިބިފައިވާ ލޭ ލިބުމުގެ ދަތިކަން ހައްލުކުރަން އެޗްޑީސީގެ މުވައްޒަފުން ނުކުންނަނީ

TTH_advertisement