ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި

Giimmdjxiaah Lg

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސަޢުދުގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރު ވަނީ ސަޢުދީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ އިސްކަންދޭ ދާއިރާތަކާއި، ފަތުރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ޚާރިޖީ ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި ކުރިމަގުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ޚާރިޖީ ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟް އަދި މަދީނާގައި ދިރިއުޅުއްވާ ދިވެހިންނާއި ކިޔަވާ ކުދިންނާ ބައްދަލުކުރައްވާފައެވެ. އަދި ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ޖިއްދާގައި ހުންނަ ކޮންސުލޭޓަށް ޒިޔާރަތްކުރައްވައި، އެ މިޝަންތަކުން ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންނަށް، ޚާއްޞަކޮށް ޙައްޖާއި އުމްރާއަށް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ޔަމަނުގައި ހަމަޖެހުން ގާއިމްކުރަން ސައުދީ އިސްވެ ކުރަމުންދާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ޑރ. ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ސަޢުދީއަކީ އެންމެގާތް ޤައުމު، އަބަދުވެސް ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭ: ރައީސް

ރާއްޖެއަށް ހައްޖު ކޯޓާ އިތުރު ކުރެވޭތޯ އެބަ މަސައްކަތް ކުރަން: ސަފީރު

TTH_advertisement