ކުއްލި ޚަބަރު

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ގަލޮޅު ދަނޑުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، “ދިވެހި ޔޫތު ލީގު” މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

391475 89a551fc 0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، “ދިވެހި ޔޫތު ލީގު” މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަށް ވަޑައިގަތުމުން ޤައުމީ ފުޓުބޯޅަ ދަނޑުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ މޯލްޑިވްސް ސޮކަރ މޭޓްސްގެ ރައީސް ޙަސަން މަނިކެވެ.

މޯލްޑިވްސް ސޮކަރ މޭޓްސްއިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފް.އޭ.އެމް.) އާއި ގުޅިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ދިވެހި ޔޫތު ލީގުގެ އުސްއަލިތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. މިރޭގެ ރަސްމިއްޔާތުގައި، މިދިޔަ 2024 ވަނަ އަހަރު ފެށި ދިވެހި ޔޫތު ލީގުގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ދެއްވާފައިވެއެވެ. މީގެ ތެރޭގައި އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް މެޑަލްއާއި ތަށި ޙަވާލުކޮށްފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި، މި މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް، 14 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ޓީ.ސީ. ސޮޕޯޓްސް ކްލަބް، އަދި 16 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ކްލަބް ވެލެންސިއާއަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ގަލޮޅު ދަނޑުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ކުޅުދުއްފުއްޓާއި އައްޑޫގައިވެސް އައިނު ފިހާރަ ހުޅުވާނީ

ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި

ދޮޅުމަސްތެރޭ ސަރުކާރުން ހިލޭ 2000 އައިނު ހައްދައިފި

TTH_advertisement ELL Mobile Advertisement