ކުއްލި ޚަބަރު

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

ޝިމަން އާއި މަހުޒޫމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ކ. ގުރައިދޫ ގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލު ކުރަނީ

މާރަންދޫ އާރް.ޓީ.އެލް ފެރީ ދަތުރުކުރުތަށް ރަމަޟާން އައުމުގެ ކުރިން ފައްޓަވަން ނިންމަވައިފި

Dsc 2122

މާރަންދޫ އާރް.ޓީ.އެލް ފެރީ ދަތުރުކުރުތަށް ރަމަޟާން އައުމުގެ ކުރިން ފައްޓަވަން ނިންމަވައިފިއެވެ. ހަމައެއާއިއެކު ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ ތަރައްޤީގެ ދުވެލީގައި ބައިވަރު މަސައްކަތްތަކެއް ހިނގަމުންދާނެ ދުވަސްތަކަކަށް ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހއ. މާރަންދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހއ. މާރަންދޫގެ ރައްޔިތުންނަށް މި ޔަޤީންކަން ދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ މިއަދު މެންދުރު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އެއީ ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ބަނދަރާއި ރަށްގިރުމުގެ މައްސަލަކަމުގައި ވީ ނަމަވެސް، ޢުމްރާނީ ކަންކަން ކަމުގައިވިޔަސް، ކުނި މެނޭޖުކުރުމާއި، އިޖުތިމާޢީ، ޞިއްޙީ އަދި ތަޢުލީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވައި، ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ހިނގާ 2025 ވަނަ އަހަރު، މި ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވުމަކީ ސަރުކާރުގެ ޕްލޭން ކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފަށައި، ހުއްޓިފައި ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ މަގުތައް އަދުގެ ސަރުކާރުން ހޯއްދަވާފައިވާ ކަމަށާ، އެކަންކަންވެސް ކުރިއަށް ގެންދަވާނެ ކަމުގައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ. މާރަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މާ ލަސްތަކެއް ނުވެ، މަސައްކަތްތައް އަލުން ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ހަމަ މިއާއެކު ވަކި ތާވަލެއްގެ ތެރެއިން ހއ. މާރަންދޫ އަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އިން ޝެޑިއުލް ފެރީ ދަތުރުކުރާ މަންޒިލެއް ކަމުގައި ރަމަޟާން މަސް އައުމުގެ ކުރިން ހަމަޖައްސަވައިދެއްވަން ކަނޑައަޅުއްވާފައި އޮތް ކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރައްޔިތުންގެ އަޑު އައްސަވައި، ކަންކަން ޙައްލު ކޮށްދެއްވުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ހއ. މާރަންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސްއިން މާރަންދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ، މަސައްކަތް މާރަންދޫ ކައުންސިލާ ހަވާލުކުރެއްވުންވެސް އޮތެވެ.

ރައްޔިތުންގެ ގާތަށް އެ މަނިކުފާނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތުމަކީ އެއްވެސް ޙާލެއްގައި ބޭކާރު ވެގެންދާ ޚަރަދެއް ނޫން ކަމަށާ، ބޭކާރު ވެގެންދާ ޚަރަދަކީ ކަންކަން ނުކުރެވި ލަސްވެގެންގޮސް ލިބޭ ގެއްލުމުގެ އަގު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ކަމާ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގެން، ރަށުގެ މުއައްސަސާތަކާއެކު އެއްތަނަކުން ބައްދަލުވެ، މަޝްވަރާތައް ކުރެވުމާއެކު، ކަންކަމަށް އަވަސް ޙައްލެއް ހޯއްދެވޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިޝާރާތްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހުށައެޅުން އާދިައްތަ އަށް ހަމަވާނެ

މައްޗަންގޮޅީ ރައްޔިތުންނާ ރައީސް މާދަމާރޭ ބައްދަލުކުރެއްވަނީ

އިސްލާމީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔަ ކާމިޔާބު ދެ އަހަރު

ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓު ވިލިމާލޭ ރައްޔިތުންނަށް ޚާއްސަކުރާނަން: ރައީސް

TTH_advertisement