ކުއްލި ޚަބަރު

ބަނގުރާ ވިއްކި ދެ ބިދޭސީން ހައްޔަރުކޮށްފި

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ އަށް

Original 1727102842349

ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، ސަޢުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދާ ބައްދަލުކުރައްވައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ، ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަޤްބަލުގައި އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާއި އިތުރު ދާއިރާތަކުން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މިންވަރު މި ދަތުރުފުޅުން ރަމްޒުކޮށްދޭކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިނިސްޓަރ ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަރލްޑް ގަވަރމަންޓްސް ސަމިޓަށް ޚާރިޖީ ވަޒީރު ދުބާއީއަށް

މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ އުސޫލުތަކާ ޚިލާފުނުވުން މުހިންމު: ޑރ. ޢަބްދުﷲ ޚަލީލް

dr khaleel

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމް އަށް ފުރާވަޑައިގެންފި

ސަޢުދީއަކީ އެންމެގާތް ޤައުމު، އަބަދުވެސް ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭ: ރައީސް

TTH_advertisement