ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޔަހޫދީ ފައުޖު ލުބުނާނުން ނުފައިބާނެ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބުނެފި

2024 12 18t115433z 1289421058 Rc2xibaoic6p Rtrmadp 3 Israel Palestinians Lebanon Settlers 1734960940

ޔަހޫދީ ދައުލަތާއި ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް ދެކުނު ލުބުނާނުގައި ތިބި ޔަހޫދީ ފައުޖު ނުފައިބާނެ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިދާރާއިން ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެމެރިކާއާއި ފަރަންސޭސިވިލާތުގެ މެދުވެރިކަމާއެކު ޤާއިމުކުރެވުނު އެއްބަސްވުމުގެ ދަށުން، ލުބުނާނުގެ ލީޠާނީ ކޯރުގެ ދެކުނުގެ ސަރަޙައްދުތަކުން ޙިޒްބުالله ގެ ހަނގުރާމަވެރިންނާއި ޔަހޫދީ ފައުޖު ފައިބަންޖެހެއެވެ. އެ ސަރަޙައްދުގައި ދެން ޙަރަކާތްތެރި ވާނީ ލުބުނާނުގެ އަސްކަރިއްޔާއިން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. މި ކަންކަން ހާސިލްކުރުމަށް ދީފައިވާ 60 ދުވަހުގެ މުއްދަތު ހަމަވާނީ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 7 ޖަހާއިރުއެވެ.

ނަމަވެސް، ސިފައިން ބޭލުމުގެ ސުންގަޑި ކައިރިވަމުން އަންނަ ދަނޑިވަޅެއްގައި، ނަތަންޔާހޫގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ ކަންތައްތައް ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރާނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

މީގެ ކުރިން ޙިޒްބުاللهއިން ބުނެފައިވަނީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޔަހޫދީ ފައުޖު އަނބުރާ ނުގެންދާނަމަ، އެއީ އެއްބަސްވުމާ ޚިލާފުވުމުގެ ޢަމަލެއް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ލުބުނާނުގެ ސަރުކާރުން ޔަހޫދީންނާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޢާހަދާތަކުން ބާރުދޭ ގޮތުގެ މަތިން އެޅެން ހުރި ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ދެ ފަރާތުގެ މެދުގައި އުފެދިފައިވާ ޚިލާފު ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލައިގެ ސަބަބުން ސަރަޙައްދުގެ ސުލްޙަވެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

މުޅި ދުނިޔެ ދެކޮޅަށް އެރިޔަސް، އިސްރާއީލުގެ މަގްސަދު ހާސިލްވިޔަކަ ނުދޭނަން: ހިޒްބުﷲ

އިސްރާއީލަށް ރައްކާތެރިކަން ނުލިބެނިސް ލުބުނާނަށް ހަމަޖެހުން އަޔަކަ ނުދޭނޭ ކަމަށް ބުނެފި

TTH_advertisement