ކުއްލި ޚަބަރު

ދ. މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ބަހަން މިއަދު ފަށާނެ: އައިޑީކާޑަކަށް ގިނަވެގެން ދެ ކޭސް

ހުޅުމާލެއިން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޔަމަނުގެ ހޫތީން ޓެރަރިސްޓުންގެ ގޮތުގައި އެމެރިކާއިން ކަނޑައެޅުމަކީ އަސާސެއް ނެތް ކަމެއް: އީރާން

Ap23325303911227 1705082248

ޔަމަނުގެ ހޫތީ މިލިޝިއާ “ޓެރަރިސްޓް ޖަމާޢަތެއް” ގެ ގޮތުގައި ޓްރަމްޕް ކަނޑައެޅުމާމެދު އީރާނުން ކުށްވެރިކޮށް، އެއީ “އަސާސެއް ނެތް” ކަމެއް ކަމުގައި ބުނެފައިވެއެވެ.

ބަޔާނެއްގައި، ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވެފައިވަނީ ހޫތީން ބްލެކްލިސްޓް ކުރުމަކީ “ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ފިޔަވަޅުތައް އެޅުމަށް ހުއްޖަތެއް” ކަމަށެވެ. އަދި އެއީ “ޖަވާބުދާރީވާން ނުޖެހޭ އަދި އަސާސެއް ނެތް” ކަމެއް ކަމުގައި ސިފަކުރެއްވިއެވެ.

ބުދަ ދުވަހު، ހޫތީ ބަޣާވާތްތެރިން އަލުން “ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއް” ގެ ގޮތުގައި ކަނޑައެޅުމަށް ޓްރަމްޕް ވަނީ އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވާފައެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މި ގްރޫޕް ބްލެކްލިސްޓް ކުރެވުނު ނަމަވެސް، އޭނާގެ ފަހަތުން ރައީސްކަމަށް އައި ޖޯ ބައިޑެން މަޤާމާ ހަވާލުވުމަށްފަހު 2021 ގައި އެ ލިސްޓުން އުނިކުރެވުނެވެ.

ޣައްޒާގެ ފަލަސްޠީނުންނަށް ތާއީދުކުރުމުގެ ގޮތުން، ހޫތީން ވަނީ ރަތު ކަނޑުގައި އިސްރާއީލާ ގުޅުންހުރި ކަމަށް ބުނާ އުޅަނދުފަހަރަށް އަމާޒުކޮށް ގިނަ އަދަދެއްގެ ހަމަލާތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

އިސްލާމީ އިތުރު ގައުމަކުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ތައްޔާރުވެއްޖެ

ޓްރަމްޕް އިސްރާއީލަށް އިންޒާރުކުރުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފި

“ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

TTH_advertisement