ކުއްލި ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

އެސްޓީއޯގެ “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ އައު ދައުރަކާ ހަވާލުވެވަޑައިގެންފި

15819431 012025 Cc Ap Trump Whole Family Img
އެމެރިކާގެ 47 ވަނަ ރައީސްކަމުގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް މިރޭ ހަވާލުވެވަޑައިގެންފިއެވެ. މިއީ އެމެރިކާގެ ރިޔާސަތާ ޓްރަމްޕް ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ. ކުރިން އެމެރިކާގެ ރައީސްކަމުގެ މަޤާމު ޓްރަމްޕް އަދާކުރެއްވީ 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރަމްޕް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 2020 ވަނަ އަހަރު ރިޔާސީ ރޭހުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހުއެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މިފަހަރު ވާދަކުރެއްވި ޓްރަމްޕް ވަނީ ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ އަދި ޖޯޖިއާ ފަދަ މުހިންމު ސްޓޭޓްތަކުން ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ.

މިފަހަރުގެ ކެމްޕޭނުގައި ޓްރަމްޕަށް ނުފޫޒުގަދަ އެތައް މަހުޖަނުންނެއްގެ އެހީތެރިކަން ލިބިވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މާސްކް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ހިމެނެއެވެ. އަދި އެމެރިކާގެ މުސްލިމް ކޮމިއުނިޓީގެ އިސް ފަރާތްތަކުގެ މަދަދުވެރިކަންވެސް ޓްރަމްޕަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

އައު ދައުރަކާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޓްރަމްޕް ވިދާޅުވެފައިވަނީ ކުރިއަށް އޮތީ އެމެރިކާއަށް އުފާފާގަތި ދުވަސްތަކެއް ކަމަށާއި، އެމެރިކާއަކީ އެންމެ މުއްސަނދި އަދި އެންމެ ވަރުގަދަ އިޤްތިޞާދު ކަމުގައި ހައްދަވާނެ ކަމަށެވެ. އޮޓޯމޯބައިލް ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނެސް، ރައްޔިތުން ސިއްސައިގެންދާފަދަ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އެޤައުމުގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ މީހުން އެމީހުންގެ ވަޠަނަށް އަނބުރާ ފޮނުވާލައި، ބޯޑަރު ހުރަސްކޮށް އެޤައުމަށް ވަންނަ ފަރާތްތައް ހުއްޓުވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

112

ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކާނިވާ ސްޓޭޖްގެ ފުރާޅު މަރާމާތު ކުރަނީ

112

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ELL Mobile Advertisement TTH_advertisement