ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގެ ދަރަންޏަށް އެ މަނިކުފާނު ޒިންމާކުރުވާތީ، އެކަމާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުގައި މި ހަފުތާއަށް ތާވަލުކޮށްފިއެވެ. މި މައްސަލަ ފެށުނީ އެމްޓީސީސީއަށް ޑީއާރުޕީން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާއާ ގުޅިގެންނެއެވެ. ސިވިލް ކޯޓުން މައުމޫން ޒިންމާނުކުރުވޭނެ ކަމަށް ނިންމި ނަމަވެސް، ހައިކޯޓުން މައްސަލަ ކުރިއަށް ގެންދަން ނިންމިއެވެ. މައުމޫންގެ ފަރާތްޕުޅުން ބުނަނީ ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާން ނުޖެހޭނެ ކަމަށެއެވެ. މައްސަލަ ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ބެލުމަށް ހަމަޖެހިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު