ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ރައީސް ޓްރަމްޕް އާއި ރައީސް ޝީ ޖިންޕިން ދެ ލީޑަރުން ދުނިޔެ އިތުރަށް ސުލްޙަވެރިކުރާނެ

Ap19347254238413 1736084677

ޓްރަމްޕް ޗައިނާގެ ޝީއާ ވާހަކަދައްކައި، ދެ ލީޑަރުން ދުނިޔެ ‘އިތުރަށް ސުލްޙަވެރިކުރާނެ’ ކަމަށް ވިދާޅުވެއްޖެއެވެ.
‘އަޅުގަނޑުމެން ގިނަ މައްސަލަތަކެއް ޙައްލުކުރާނެ ކަމަށް އަޅުގަނޑު އުންމީދުކުރަމޭ،’ ޝީ ޖިންޕިންގއާއެކު ފޯނު ކޯލަކަށްފަހު އަލަށް ރައީސްކަމަށް އަންނަ އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު “ރަނގަޅު” ފޯނު ކޯލެއް ކުރެއްވި ކަމަށާއި، މީގެ ސަބަބުން ވޮޝިންގޓަނާއި ބެއިޖިންގ ގުޅިގެން އެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ހާމަކުރައްވައިފިއެވެ.

ހުކުރު ދުވަހު މި ފޯނު ކޯލް އައިސްފައިވަނީ – ޗައިނާއިން އިމްޕޯޓްކުރާ މުދަލުގެ މައްޗަށް 60 އިންސައްތައާ ހަމައަށް ބޮޑެތި ޓެރިފްތަކެއް ނެގުމަށް ވަޢުދުވެފައިވާ – ޓްރަމްޕް ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމުގެ 3 ދުވަސް ކުރިންނެވެ.

ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން މިހާރުވެސް ގުޅުން ގޯސްވެފައިވާ އެމެރިކާއާއި ޗައިނާގެ ގުޅުން އިތުރަށް ގޯސްވެދާނެއެވެ. ޗައިނާގެ މުދަލުގެ މައްޗަށް މަތީ ޓެރިފްތަކެއް ނެގުމުގެ ސަބަބުން އެމެރިކާގެ ކަސްޓަމަރުންނަށް އަގުތައް ބޮޑުވެ، ޗައިނާގެ އިޤްތިޞާދަށް ގެއްލުންވެ، އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެއެވެ.

ނަމަވެސް އަލަށް ރައީސްކަމަށް އަންނަ އެމެރިކާގެ ރައީސް ޗައިނާއާއެކު އޮންނަ ގުޅުމުގެ މުސްތަޤްބަލާ މެދު އުއްމީދީ ވާހަކަތަކެއް ދައްކަވާފައިވެއެވެ. ޓްރަމްޕް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

އަޅުގަނޑުމެން ގިނަ މައްސަލަތަކެއް ޙައްލުކުރާނެ ކަމަށް އަޅުގަނޑު އުންމީދުކުރަމޭ، އަދި މިހާރުން މިހާރަށް ފަށައިގަންނާނަމޭ. އަޅުގަނޑުމެން ވާހަކަދެއްކީމު ވިޔަފާރި ހަމަހަމަކުރުމާއި، ފެންޓަނިލްއާއި، ޓިކްޓޮކްއާއި، އަދި އެހެނިހެން ގިނަ ކަންތައްތަކާ ބެހޭގޮތުން. ރައީސް ޝީއާއި އަޅުގަނޑު ދުނިޔެ އިތުރަށް ސުލްޙަވެރިކޮށް އަމާންކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން.

އެމެރިކާގެ ކޮންގްރެސްއިން ވަނީ ޗައިނާގެ ކުންފުންޏަކުން މިލްކުކުރާ ވީޑިއޯ ޕްލެޓްފޯމް ޓިކްޓޮކް މަނާކުރުމަށް ބިލެއް ފާސްކޮށްފައެވެ. މިއީ ޕްރައިވަސީއާއި ކޮންޓެންޓް މެނިޕިއުލޭޝަނާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ަ ަސާދާ
ތިދެމީހުން އެއްވީމާ ބިރުގަނޭ
މ މޫސާ
ރަގަޅަށް ތިބުނީ ތިހެން ތިކަންވާނީ ހަމަ
އ އަލީ އިބުރާހިމް
އިތުރަށް ސުލްޙަވެރިކުރާނީކީއެއް ނޫން ދުނިޔެ ފަނާކުރާނީ

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement