ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ވިޒިޓް މޯލްޑިވްސްގެ ހަރަކާތްތައް މިއަހަރު ކުރިއަށްގެންދާނީ އިންޑަސްޓްރީގެ ޚިޔާލު ހޯދައިގެން

Batch Iabdbm5k Large

ވިޒިޓް މޯލްޑިވްސްގެ ހަރަކާތްތައް ބައްޓަންކޮށް ކުރިޔަށް ގެންދިއުމަށް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ޚިޔާލު ހޯދަން ބާއްވާ ބައްދަވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހުޅުވާލައްވައިފިއެވެ.

އެމްއެމްޕީއާރުސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފޯކަސް ގްރޫޕްތަކަށް ވަކިވަކިން ބާއްވަން ނިންމާފައިވާ މި ބައްދަލުވުންތަކުގެ ބޭނުމަކީ ތަފާތު ސެގްމަންޓުތައް ހިމެނޭހެން، އެންމެ ސަމާލުކަން ދޭންވީ ދާއިރާތަކަށް ޚާއްސަކޮށް އެންމެ ފައިދާހުރި ގޮތަކަށް ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ރޭވުންކަމަށެއެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އާ މާކެޓުތަކުގައި އިސްތިހާރު ކުރުމާއި އިސްތިހާރު ކުރުމުގައި އީޖާދީ އަދި ބިނާކުރެވެނިވި ގޮަތްތައް ހޯދުމަށް ވެސް މި ބައްދަލުވުންތަކުގައި ޚިޔާލު ބަދަލުކުރެވޭނެއެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ ޓޫރިޒަމް އިންޑަސްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހެނީ އީމެއިލް ފޮނުވައިގެންނެވެ. މި ބައްދަލުވުންތައް ބާއްވާ ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ.

ފަތުރުވެރިކަމުން މިއަހަރު ފަސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަކީ އެމްއެމްޕީއާރުސީގެ އަމާޒެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިސްމާއިލް
މަޝަވަރާކޮށްގެން ކަންކަން ކުރީމަ ރަގަޅު ނަތީޖާއެއް ލިބޭނީ
އ އަލަން
ނުކުރާނެ މަޝްވަރާއެއްވެސް ބަލަންތިބޭތި
އ އަލަން
ކުރިން މަޝްވަރާ ނުކުރީ ކީއްވެ.

ގުޅުންހުރި

ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

މެރިން ރިސާރޗް ސެންޓަރެއް ޖަވަކަރަ ރިސޯޓުގައި ހުޅުވައިފި

ކިހާ ރިސޯޓް ހިންގަމުންދަނީ ގާނޫނާ ހިލާފަށް، ފިޔަވަޅު އަޅާނެ: ޓޫރިޒަމް

TTH_advertisement