ކުއްލި ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

މާލޭގެ ބާޒާރުމަތިން ނެގި ގަސްތައް ހުޅުމާލޭގައި އިންދަނީ

އައްޑޫ ގަމުގައި މޫސުމާ ބެހޭ އިދާރާގެ އޮފީހެއް އިމާރާތްކުރަން ވެމްކޯއާ ހަވާލުކޮށްފި

ކެމްބްރިޖު މުގައްރަރަށް ފޮތް ލިޔަން ދިވެހިންނަށް ހުޅުވާލަނީ

401600 3 5f28b6d71e46982cc0c96fafe6bf6b9f6a4e93e0 Medium

ދިވެހިންގެ ތެރެއިން ޝައުގުވެރިކަން ހުރިރަރާތްތަކަށް ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލްގެ ތަޢުލީމީ މާއްދާތަކަށް ފޮތް ލިޔުމުގެ ފުރުސަތު ޚާއްސަކޮށް ދިވެހި މުދައްރިސުންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިސްމާޢީލް ޝަފީޢުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) އެގްޒަމިނޭޝަން ތަޢާރަފުކުރެވުނުތާ މިހާރު 23 އަހަރު ވެފައިވާއިރު، މި މިހާ ދިގު މުއްދަތެއް ފާއިތުވިއިރުވެސް އިތުރު ކުރިއެރުމެއް ނުލިބި ބޭނުންކުރެވެމުން އައީ ބޭރުން އެތެރެކުރެވޭ ފޮތްތައް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ދިވެހި މުދައްރިސުންގެ ކިބައިގައި ކެމްބްރިޖް އިމްތިޙާނުގެ މުޤައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ޤާބިލުކަން މިހާރު ހުރި ކަމަށްވެސް މިނިސްޓަރު ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދިހަމައެއާއެކު މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ގިނަ އިސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަނީ ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްދޭ ނޯޓުތަކަށެވެ. އަދި ބޭރުން ގަނެގެން މިހާރު ދެވޭ މަސައްކަތު ފޮތްތަކަށްވުރެ މާ ފެންވަރު ރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައް ވެސް މިއަދު ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާކަން މިނިސްޓަރ އިސްމާޢީލް ޝަފީޢު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ހަފުތާގައި ފޮތްތައް ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ނިންމަފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ފަރުދުންނަށާއި ޓީމުތަކަށް ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކުމަށް ހުށަހެޅިދާނެ ކަމަށާއި، މި މަސައްކަތުގައި ތަޖުރިބާހުރި މުދައްރިސުން އިސްނެންގެވުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މީގެ ސަބަބުން ރާއްޖެއިން ބޭރުން ފޮތް ގަތުމަށް ކުރާ ބޮޑު ޚަރަދު ޤައުމުގެ ތެރޭގައި ހިފެހެއްޓި، ފޮތް ލިޔުމުގެ ހުނަރުވެރިކަން މުދައްރިސުންގެ ތެރޭގައި އިތުރުވުމާއި، ސްކޫލުތަކުން ނޯޓު ޕްރިންޓުކުރުމަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ތިމާވެށްޓާ ރައްޓެހި އާދަކާދަތައް އަށަގެންނެވުމަށް އިތުރު ބާރަކަށް ވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދިމިކަކީ ޔަގީނުންވެސް ދިވެހިން ބޭނުންހިފާނެ ފުރުސަތެއްކަމަށާއި، މިއީ ލިބިގެންދާގެ ރަގަޅު ފުރުސަތެއްކަމަށްވެސް މިނިސްޓާރ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިއާދު
ތިޔައީ ވަރަށް ބޮޑު ވާހަކަތަެއް، ކުރުން ރަގަޅު އެކަމަކު ވެދާނެބާ ދިވެހިންނަށް ތިވަރުގެ ކަމެއް؟
އ އައިޝަތު
މިނިސްޓަރ ގެ ތަސައްވަރުދޯ، މިކަންވާނެބާ؟

ގުޅުންހުރި

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

finance

ދަރަނި އަދާކުރުމަށް 10 ބިލިއަނާ ގާތްކުރާ އަދަދެއް ހަރަދުކޮށްފި

school darivarun

ޖެނުއަރީ 10 ގެ ކުރިން ހުރިހާ ސްކޫލުތަކަށް ފޮތް ފޮނުވޭނެ: އެޑިއުކޭޝަން

TTH_advertisement