ކުއްލި ޚަބަރު

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވި ފަރިއްކޮޅެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި

385542 5acccf7b C

އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ދެއްވި ރަސްމީ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ޤާނޫނު ހަދާ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާއަށް ވަޑަިގަތުމުން މަރުޙަބާ ވިދާޅުވީ، އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އެވެ. މި ތާރީޚީ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ. އެއަށްފަހު، ޤާނޫނު ހަދާ މަޖިލީހުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.

ފަރިއްކޮޅު ކުރިއަށްގެންދެވި ވަގުތު ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރިވިދާނެ ދާއިރާތަކާއި އަދި ގުޅިގެން ކުރެވިދާނެ މަސައްކަތް ތަކާއިބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢާންމު ޚިދުމަތްތައް ހަރުދަނާކުރެއްވުމަށް ޢަޒުމް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ އެޖެންޑާގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް ދެ ބޭފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި

381909 3 2d3e7a0eb49e77d4f0de615b53b99882bb1efb02 Medium

ފަޒުލްއަށް އެޗްޑީސީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތު ކުރެވެނީ

Original 1737593307214

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ