ކުއްލި ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރި ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

އިސްރާއީލުގެ އިތުރު ވައިގެ ހަމަލާތައް ޔަމަނާއި ލެބަނާނަށް އަމާޒުވެ ޣައްޒާއިން 20 މީހުން މަރުވެއްޖެ

Ap24110281281582 1713513748

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އެމީހުން ޔަމަނުގައި ހޫތީ ހަނގުރާމަވެރިން ކޮންޓްރޯލްކުރާ ސަރަޙައްދުތަކަށް ހަމަލާދިންކަމަށެވެ. މީގެ ތެރޭގައި ވެރިރަށް ސަނާގެ ކައިރީގައިވާ ކަރަންޓު އުފައްދާ މަރުކަޒަކާއި، ހޮދެއިދާއާއި ރަސް އީސާގެ ބަނދަރުތައް ހިމެނެއެވެ.

ލެބަނަންގެ ދެކުނުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެފައިވާއިރު، އިސްރާއީލުގެ ސިފައިން ފަހުން ބުނެފައިވަނީ އެމީހުން އަދިވެސް “ލެބަނަންއާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމްކުރާ” ކަމަށެވެ

ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) އިން އިންޒާރުދީފައިވަނީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި ކަރަންޓު އުފައްދާ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވެފައިވާތީ ބަލިމީހުންނަށް “ނުރައްކާތެރި ހާލަތެއް” ކުރިމަތިވެފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 21 ފަލަސްތީނު މީހުން މަރުވެފައިވާކަމަށް މެޑިކަލް ވަސީލަތްތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ފޮހުމުގެ ޢަމަލުތަކުގައި މަދުވެގެން 46،006 ފަލަސްތީނުން މަރުވެ، 109،378 މީހުންނަށް އަނިޔާވެފައިވެއެވެ. އެ ދުވަހު ހަމާސްގެ އިސްނެގުމުގައި ހިންގި ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

އިސްލާމީ އިތުރު ގައުމަކުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ތައްޔާރުވެއްޖެ

ޓްރަމްޕް އިސްރާއީލަށް އިންޒާރުކުރުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފި

“ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

TTH_advertisement