ކުއްލި ޚަބަރު

އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައިފި

ރައީސްގެ ޖަލްސާތަކުގެ ފުރަތަމަބަރިން ދުވަސްވީ މީހުން ފެންނަން ފަށައިފި

Dsc 0253

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއްމެ ތަފާތް އެއްކަމަކަށް ފެންނަނީ ދުވަސްވީ މީހުން ސަފުތަކުގެކުރިން ފެންނަމުންދާ މަންޒަރު އެވެ. ގިނަބަޔަކު އަބަދުވެސް ގަބުލު ކުރާގޮތުގައި ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅު ތަކުގައި ރަށުގެ ކައުންސިލަރުންނާއި، ރަށުގެ ބޭފުޅުންނަށް އެރަށެއްގެ ފުރަތަަ ބަރިން ޖާގަ ލިބެންޖެހެއެވެ. އެހެންނަމަވެސް މީގެ ކުރީގައި އަބަދުވެސް އެޖާގަ ލިބިގެންދަނީ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުންނަށެެއެވެ. ރަށުގެ ޖަލްސާތަކަށް ތައްޔާރު ކުރާމީހުންގެ އިތުރުން ކައުންސިލަރުންވެސް މިތިބެނީ ތިން ހަތަރުބަރި ފަހަތުގައި އެވެ.

މީގެ ކުރީގައި މިރަށު ބާއްވަ ޖަލްސާތަކުގައި ކައުންސިލްގެ ވެރިންނަށްވެސް ރައީސާއި އެއްސަފަކުން ޖާގަނުލިބޭ، އެހެންނަމަވެސް މިހާރު މިކަން ބަދަލުވެ ރައީސް މުއިޒް އާއި ވަރަށް ކާރިން އެބަބައްދަލުވެވޭ. މިއީ ވަރަށް އުފާކުރާކަމެއް. އަދި ރަށުގެ ކަންވޮށިގެންވާ ގިނަބަޔަަކަށްވެސް ހަމަ އެޖާގަ އެބަލިބޭ – ކައުންސިލް މެމްބަރެއް

Img 3036

އެރަށެއްގެ ބައްދަލުވުންތަކުގައި އެރަށެއްގެ މީހުންނަށް އިސްކަންދޭން ފެށި މަންޒަރު ގިނަބަޔަކަށް ކަމުދިޔަ ކަމެކެވެ. މިނޫނަސް މިފަހަރު ރައީސްގެ ދަތުރުފުޅުން ފެނިގެން މިދަނީ ރައްޔިތުންނާއި އެމަނިފާނު ބަހައްޓަވާ ގާތްކަމާއި ލޯއްބެއެވެ. ދުވަހަކުވެސް ރައީސަކަށް ހުވަދު އަތޮޅުން ނުލިބޭހާ ލޯބި އެމަނިފާނަށް މިދަނީ ލިބަމުންނެއެވެ. ހުވަދު އަތޮޅު މީގެ ކުރީގައި ފާހަގަ ކުރެވިފައިވަނީ ސަރުކާރުތަކުން ވަރަށް އެކަހެރިކޮށްފައިވާ ބައެއްގެ ގޮތުގައި ކަމުގައި ހުވަދޫ ގިނަބަޔަކު އަބަދުވެސް ގަބުލްކުރެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވިފަހުން ހުވަދޫ އަށް ކުރައްވާ ދެވަނަ ދަތުރެވެ.

Dsc 9311

ގުޅުންހުރި

330866 3 Bfe7bb13345b73acd0468e93d969c09f550ffc40 Medium

ގެމަނަފުށީގައި ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

Palestinian Israel Conflict West Bank

އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައިފި

381909 3 2d3e7a0eb49e77d4f0de615b53b99882bb1efb02 Medium

ފަޒުލްއަށް އެޗްޑީސީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތު ކުރެވެނީ

Original 1737593307214

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ