ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

“90 ޕްލަސް ގޯލްޑް ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ތަށި އޭދަފުށި ޓީމުން އުފުލައިފި

Photo 6294000248888083865 Y

“90 ޕްލަސް ގޯލްޑް ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބ. އޭދަފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރި މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ

މުބާރާތުން 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، “90 ޕްލަސް ގޯލްޑް ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށީ ޓީމެވެ. ފޯރިގަދަ ކުޅުމެއްފެނުނު މިމުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ

Photo 6294000248888083864 Y

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފައިނަލް މެޗުގައި ބ. އޭދަފުށި ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޯލުޖެހި ބޯޅައިގައި ސޮއިކުރައްވާފައެވެ

“90 ޕްލަސް ގޯލްޑް ކަޕް 2024” ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ، ހިންގި ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 17 ޓީމަކުން ވާދަކުރިއެވެ.

Photo 6294124566716465494 Yގޯލްޑް ކަޕްގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތު، އައު ކުޅުންތެރިންތަކަކަށް ލިބިގެންދިޔައެވެ. އަދި މިފަހަރުގެ މިމުބާރާތުގައިވެސް މޮޅުކުޅުންތެރިންތަކެއް ފާހަގަކުރެވިވިގެން ދިޔަކަމަށް ފުޓުބޯޅާގެ ތަޖުރިބާކާރު ކޯޗުން ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފީފާ ޕީސް ޕްރައިޒްގެ ނަމުގައި ސުލްހައިގެ އިނާމެއް ތައާރަފު ކޮށްފި

ދިވެހިންގެ ތެރޭގައި މަގުބޫލު ހާބަލް އިންހޭލާއެއް ތައިލެންޑުން މަނާކޮށްފި

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އަންގައިފި

minister haidar

އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ފަޚުރުވެރިވާ ޢިލްމީ މުއައްސަސާއެއް: ޑރ. ޙައިދަރު

TTH_advertisement