ކުއްލި ޚަބަރު

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

ހުއްދަ ނެތި ތޯހާ ތާލިބާނުގެ މަންދޫބާ ބަައްދަލު ކުރުމުން ފިޔަވަޅު އަޅައިފި

1035x593 Ai5jqu5tfsya5b90i0wp0eel908bqdyyu9lkrajh

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ތޯހާ، މިދިޔަ ހުކުރު ދުވަހު އަފްޣާނިސްތާނުގެ މަންދޫބު ސަރުދާރު އަހުމަދު ޝަކީބުއާ އިސްލާމްއާބާދުގައި ބައްދަލުކުރެއްވުމާ ގުޅިގެން، ފޮރިން މިނިސްޓްރީން މިއަދު ވަނީ އެއީ ދިވެހި ސަރުކާރުގެ ހުއްދަނެތި ކުރެއްވި ބައްދަލުވުމެއް ކަމަށް ބުނެ، އެކަމާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށް ހާމަކޮށްފައެވެ.

މި ބައްދަލުވުމާ ގުޅިގެން ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި ހިންގާ ވެރިކަން ރާއްޖެއިން ބަލައިގަތްތޯ ސުވާލު އުފެދުމާ ގުޅިގެން، ފޮރިން މިނިސްޓްރީން ވަނީ ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި އދ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ބަލާ ކަމަށާއި، އެގޮތުން އދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ ދިވެހި ސަރުކާރުން ވެސް ބަލައިގަންނަ ފަރާތްކަމަށް ބަޔާންކޮށްފައެވެ.

އަފްޣާނިސްތާނުގެ އެމްބަސީން ބުނާ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ މުސްލިމް ދެ ގައުމުގެ ގުޅުމާއި، އޭޝިއާގެ ގައުމުތަކާއެކު ރާއްޖެއާ އޮތް ވިޔަފާރީގެ ގުޅުން އަފްޣާނިސްތާނު މެދުވެރިކޮށް ހަރުދަނާކުރުމާ ބެހޭ ގޮތުންނެވެ. އަދި އަފްޣާނިސްތާނުން ބޭނުންވަނީ ހުރިހާ ގައުމަކާ އެކުވެސް ބިނާކުރަނިވި ގުޅުމެއް ބާއްވައި، އެ ގައުމަކީ ސަރަހައްދު ގުޅުވައިދޭ ހަބަކަށް ހެދުމަށް ކަމަށްވެސް ބުނެފައިވެއެވެ.

އޮގަސްޓް 2021 ގައި އެމެރިކާ އާއި އިނގިރޭސި ސިފައިން 20 އަހަރަށްފަހު އަފްޣާނިސްތާނުން ފޭބުމާއެކު، ތާލިބާނުންގެ ހަނގުރާމަވެރިން ވަނީ އެ ގައުމުގެ ސަރުކާރު ވައްޓާލައި ވެރިކަމަށް އަރާފައެވެ. ތިން އަހަރު ފާއިތުވެގެން ދިޔައިރުވެސް ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން އަދިވެސް ތާލިބާނުންގެ ސަރުކާރު ބަލައެއް ނުގަނެއެވެ.

ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު އަކީ ކުރިން ސައޫދީ އަރަބިއްޔާގެ ސަފީރަކަށް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ބޭފުޅެކެވެ. ނަމަވެސް ސަބަބު ބަޔާންނުކޮށް، ދިވެހި ސަރުކާރުން ވަނީ އޭނާ ޕާކިސްތާނުގެ ސަފީރަކަށް ބަދަލުކުރައްވާފައެވެ.

ގުޅުންހުރި

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Afp 20240828 36ey2ph V1 Highres Palestinianisraelconflictwestbank 1724919833

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

324900 3 3511e646f2f896d1a76d9cbd82ebc4bd09e4c267 Medium

ރޫހާނީ ފަރުވާ ރާއްޖެގައި އިޝްތިހާރު ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި