ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބުނާނުގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

TTH_Ads
STO_Ads

ހިޒްބުﷲއާ ދެކޮޅަށް ކަމުގައި ބުނެ އިސްރާއީލުން ލުބުނާނަށް ދެމުންއައި އުދުވާނީ ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވުމާ ގުޅިގެން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ދިވެހިރާއްޖޭގެ ހާރީޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލުބުނާނުގައި ހިނގަމުން އައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަަސްވެފައިވާކަން އެމެރިކާ ސަރުކާރުން އިއުލާނުކުރުމުން އެކަމަަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިއީ މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށް އެޅުނު ހަރުދަނާ އީޖާބީ ފިޔަވަޅެއް ކަމުގައި ދެކޭކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެއެވެ‌.

ހާރިޖީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ޔަގީންކޮށްދިނުމަކީ ދުނިޔޭގެ ވިޔަފާރި ސަލާމަތުން ކުރިއަށްގެންދިއުމަށް މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

Maldivian_Ads

ލުބުނާނުގެ ސަރުކާރާއި އެމެރިކާ ސަރުކާރުން ލުބުނާނުގައި ހިނގަމުންއައި ހަމަލާ ބަދަލުކުރުން މެދުކެނޑުމަކަށް ގެނައުމުގައި އަދާކުރި މުހިއްމު ދައުރު ފާހަަގަކޮށް ސަރުކާރުން ޝުކުރު އަދާކޮށްފައިވެއެވެ.

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކޮށް ސުލްހަވެރިކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ ހުރިހާ މަސައްކަތެއްގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި މަދަދު ލިބޭނެކަމުގެ ޔަގީންކަން ހާރިޖިއްޔާއިން ދީފައިވެއެވެ.

އަދި ލުބުނާނުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެވުމަކީ، ސަރަހައްދީ ހަމަނުޖެހުން ހައްލުކޮށް ދެމިގެންދަނިވި ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމަސީ ކުރިއަށްނެރުމަށް ލިބުނު ފުރުސަތެއްކަމުގައި ދެކޭކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު