ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިޚާބުން ރައްޔިތުން ދިން މެސެޖާ އެއްގޮތަށް ބަދަލުތައް ގެނައުމުގެ ހިތްވަރު ޕީއެންސީގައި އެބަހުރި: ޝުޖާއު

43

ލޯކަލް ކައުންސިލް އިންތިޚާބުން ރައްޔިތުން ދިނީ “ބައެއް ކަންކަމަށް ބަދަލު ގެންނަންޖެހޭ” ކަމުގެ މެސެޖެއް ކަމަށާއި، އެ ބަދަލުތައް ގެނައުމުގެ ހިތްވަރު ޕީއެންސީގައި އެބަހުރި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ހެޔޮ ހިތުން ގަބޫލުކުރައްވާފައި ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް އިއުލާނު ކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

“މި އިންތިޚާބުން ރައްޔިތުން އަޅުގަނޑުމެންނަށް [ޕީއެންސީއަށް] ބުނެދިނީ ބައެއް ކަންކަމަށް ބަދަލު ގެންނަންޖެހޭ ކަން. އެ ބަދަލުތައް ސާބިތުކަމާއެކު ގެނައުމުގެ ހިތްވަރު މި ޕާޓީގައި އެބަހުރި،” ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތެއް ބަދަލުކުރަންޖެހޭ ނަމަ، އެކަން ކުރުމަށް ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ.

ޝުޖާއު ވަނީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމްޑީޕީގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ އެ ޕާޓީގެ މިސްރާބެއް ނެތުމުގެ ނަތީޖާއެވެ.

އިންތިޚާބުގެ ނަތީޖާއާ މެދު ޕީއެންސީން ކިބުރުވެރި ނުވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ގޮނޑިތައް ކާމިޔާބުވުމަކީ ރައްޔިތުންގެ މައްޗަށް ބޮޑާވެ، ކިބުރުވެރިވާންޖެހޭ ކަމެއް ނޫން،” އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވާހަކަފުޅު ނިންމަވާލެއްވީ، ޕީއެންސީގެ ސިޔާސަތުތައް ބައްޓަންކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުން ނިންމާ ނިންމުންތަކަށް ރިއާޔަތްކޮށްގެން ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ޕާޓީން ވަކިކުރިޔަސް ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ކަނޑައަޅަން އިސްލާހެއް

96666

ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން އެމްޑީޕީން އަންނަނީ ސިޔާސީ ފައިދާ ހޯދަމުން: ޝުޖާއު