ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާން ރޯވީ ސޮނެވާ ޖާނީ ރިސޯޓުގެ “ގެދަރިން” އިމާރާތުގައި

ސޮނެވާ ޖާނީ ރިސޯޓުގައި ރޯވި އަލިފާން ރޯވި އިމާރާތް އެއްކޮށް އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އިއްޔެ 14:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 21:00 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ “ގެދަރިން” އިމާރާތުގައެވެ. މި ހާދިސާގައި އަލިފާން ރޯވި “ގެދަރިން” އިމާރާތަކީ 3 ފަންގިފިލާއަށް ހަދާފައިވާ ތަނެކެވެ. މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭއިރު އެ ތަންތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Photo 6249193758490562312 y

ތެޔޮ ބޯޓުގައި ރޯވެ އަނިޔާވި ބިދޭސީއަކަށް ފަރުވާދެނީ

43

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

WhatsApp Image 2026 04 03 at 00.58.30

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ