ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައި އިލެކްޝަން ހޮނިހިރު ދުވަހު ބާއްވަނީ

election commission

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އެއްވަރުވުމުގެ ސަބަބުން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވި ގޮތުގައި، މި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ އިންތިޚާބު ކަމަށާއި، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ މިނިވަން އަދި އިންސާފުވެރިކަމާއެކުގައެވެ.
އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ދެވަނަ ބުރަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ޖުމްލަ 170 ޝަކުވާއެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން، އެ ޝަކުވާތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޖަވާބުތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ޝަކުވާތަކަށްދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުޅުވާލެވިފައިވާ ކަމަށްވެސް ކޮމިޝަންގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ވޭވަށު ވޯޓު އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް ނާދޭ

ފޮނަދޫގެ 10 ގޮނޑި ޕީއެންސީއަށް

election

ކައުންސިލް އިންތިޚާބެއްގައި 73 އިންސައްތަ މީހުން ވޯޓުލާފައިވޭ

election

އިންތިޚާބާ ގުޅޭ 40 އަކަށް ޝަކުވާ އީސީއަށް ހުށަހެޅިފައިވޭ، ނަތީޖާއަށް އަސަރުކުރާ ޝަކުވާއެއް ނެތް