ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

Screenshot 2026 04 10

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރަށްވާފައިވާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 އޭޕްރީލް 2026 ގައެވެ.

މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގެ ފަޅުން ގާތްގަނޑަކަށް 11 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދު ހިއްކުމަށްޓަކައި ޖުމްލަ 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެ އެވެ.

މި މަސައްކަތަށް ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ ކޮންނަ ބޯޓެއް ކަމަށްވާ “ފިލިއްޕޯ ބްރޫނެލެސްކީ” އެވެ. މިއީ އެއްފަހަރާ 11,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ބޮޑު ޤާބިލުކަމެއް ލިބިފައިވާ ބޯޓެކެވެ. މި ބޯޓުގެ އެހީގައި ވަރަށް ހަލުވިމިނެއްގައި މަސައްކަތް ކުރިއަށްދާއިރު، އަންދާޒާކުރެވޭ ގޮތުގައި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.

ގާދިއްފުއްޓަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށަކަށް ވުމާއެކު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއީ ރައީސް ޑރ. މުޢިއްޒު އެރަށަށް ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި