ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯޓެއް ބާޠިލުވެ މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެއްޖެ

439630 3 b326d28501d2886bbe25730cd430c0be6a8e3d8f

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް ޥާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެއްޖެއެވެ.

ވޯޓު އެއްވަރުވީ އިންތިޚާބާ ގުޅިގެން ހުށައެޅި ޝަކުވާތަކަށް ބަލައި އެއް ވޯޓު ބާޠިލު ކުރުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިިޓުން ކުރިން ދެއްކި ގޮތުގައި މީދޫ ކައުންސިލްގެ ރައީސްކަމށް ވާދަކުރި އެމްޑީއޭގެ ކެންޑިޑޭޓާއި ޕީއެންސީގެ ކެންޑިޑޭޓާ ދެމެދު އޮތީ އެންމެ ވޯޓެއްގެ ތަފާތުން ކުރީގައި ޕީއެންސީގެ ކެންޑިޑޭޓެވެ.

އެގޮތުން މީދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމަށް ލިބިވަޑައިގަތީ 393 ވޯޓެވެ. އަދި އެމްޑީއޭގެ ކެންޑިޑޭޓް ހައްމަދު ޝާހިދަށް ލިބިވަޑައިތީ 392 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރިި ކެންޑިޑޭޓް އިބްރާހީމް ނަސީމަށް ލިބިވަޑައިގަތީ 100 ވޯޓެވެ.

އެންމެ ގިނައިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންވެސް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށައެޅިއެވެ. އަދި އެ ޝަކުވާއާ ގުޅިގެން މީދޫގެ 1 ވޯޓު ފޮށި ކެނޑުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މީދޫ ކައުންސިލްގެ ބާކީ ގޮނޑިތައްވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރުން މާދަމާ

HE00v30asAAGFbq

ދ. މީދޫގެ މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ތާއީދުކޮށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް މޫސާ އަލީ ޖަލީލްގެ ޝުކުރު

Ui

ފުވައްމުލަކު ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވެއްޖެ