ވާހަކަތަކަށް ހުރަސްއެޅޭނީ ލުބުނާނަށް ދެމުންގެންދާ ހަމަލާތައް މަދުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދުމުންވެސް، އިސްރާއީލުން ކެނޑިނޭޅި ގެންދަނީ ލުބުނާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
މިއަދުވެސް ލުބުނާނުގެ ދެކުނުގެ ތައީރުގެ އަލް މަޖާދިލްއަށް އިސްރާއީލުގެ ޖެޓުތަކުން ވަރުގަދައަށް ބޮން އަޅާފައިވާ ކަމަށް، ލުބުނާނުގެ ނޭޝަނަލް ނޫސް އޭޖެންސީން ބުނެފައި ވެއެވެ. އަދި ހަނީން އަވަށުގެ އެތައް ގެއެއްވެސް ގޮއްވަމުން ގެންދާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ސަރަފަންދަށްވެސް ވަރުގަދަ ވައިގެ ދެ ހަމަލާ ހެނދުނު ދީފައިވައިރު، ބައިސާރިއާއަށްވެސް ބޮންއަޅާފައި ވެއެވެ.
މިދިޔަ ބުދަދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވަރުގަދައަށް ބޮންއަޅައި ހިންގި ބޮޑެތި ލޭއޮހޮރުވުންތަކާއި، ހަނގުރާމައިގެ ޖަރީމާތަކަށްފަހު އުދުވާނީ ބާރުން ބެއިރޫތަށް ހަމަލާ ދީފައެއް ނުވެއެވެ. ނަމަވެސް، އިސްރާއީލުން ކޮންމެފަދަ ވަގުތަކުވެސް ހަމަލާ ދީފާނެ ކަމަށް ބެލެވޭތީ ބެއިރޫތުގެ އާންމުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ދުނިޔޭގެ ޕްރެޝަރ ބޮޑުވެ އަދި އީރާނުގެ އިންޒާރުތަކާހެދި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް މަދުކުރަން އެމެރިކާގެ ރައީސް ޓްރަމްޕް އެދުނު އެދުމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ދިން ޖަވާބަކީ، ހަމަލާތައް މަދު ނުކުރާނޭ ކަމަށާއި، ހުއްޓާވެސް ނުލާނޭ ކަމަށެވެ. ޓްރަމްޕް ބުނާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އިސްރާއީލު ބޭނުމެއް ނުވެއެވެ.
އިސްރާއީލުން ލުބުނާނުގައި ހިންގާ އުދުވާނުތަކާހެދި ހިޒްބުﷲއިންވެސް މިހާރު ގެންދަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުގެ އުތުރުން އަޝްދޮދާއި، ހައިފާއަށް ރެއިން ފެށިގެން މިހާތަނަށް ހިޒްބުﷲއިންވަނީ 60 ރޮކެޓް ހަމަލާ ދީފައެވެ.
މީގެއިތުރުން، ހިޒްބުﷲވަނީ ދުރަށް ފޮނުވާލާ މިސައިލްތަކެއް ބޭނުންކޮށްގެން ތެލް އަވީވަށްވެސް ހަމަލާ ދީފައެވެ.
ހިޒްބުﷲއިން ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާތީ، އިސްރާއީލުގެ ތެރޭގައި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ، އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި ހިޒްބުﷲ ބަލިކަށި ކޮށްލެވިފައިވާ ކަމަށް އިސްތިއުމާރީ ސިފައިން ބުނަމުން ދިއުމާއެކުވެސް އެކަން ނުފެންނާތީއެވެ.
އަނެއްކޮޅުން. ލުބުނާނުގެ ދެކުނު އިސްތިއުމާރުކުރަން އިސްރާއީލު ސިފައިން ދެމުންގެންދާ ހަމަލާތައް ފުޅާކޮށް ކުރިއަށްޖެހެން މަސައްކަތްކޮށް ދެކުނުގެ ބިންތު ޖްބެއިލް އަވަށް ހިފަން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ހިޒްބުﷲ މުޖާހިދުން ދެމުންގެންދާ ހަމަލާތަކާހެދި އިސްރާއީލު ސިފައިންނަށް ކުރިއަށް ދެވޭގޮތެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު