މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭ، މާދަމާ ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެއެވެ.
މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެންނެވެ. މިއީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ ސާވޭއެކެވެ.
ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް، ފައިސާ ފޮނުވާ ފްރިކުއެންސީ، އަދި ފޮނުވާ ފައިސާގެ އަދަދުތައް ހިމެނެ އެވެ.
ބިދޭސީ މަސައްކަތްތެރިން މި ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭ އިން ބާރުއަޅައެވެ.
މި ސާވޭގައި މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް ތަފްސީލު ފަދަ ޒާތީ މައުލޫމާތެއް ނުހޯދާނެއެވެ. އަދި ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ.
ކިޔުންތެރިންގެ ހިޔާލު