ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޑިއަށްދިޔަ އުދަރެސް ބޯޓުގައި، ރޯވި ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ އަގުބޮޑެތި ސާމާނު ހުރި!

Igmh

މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި އުދަރެސް ބޯޓް އަޑިއަށް ދިޔައީ އަލިފާނުގެ ހާދިސާ ހިނގި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް ސަރުކާރުން ފޮނުވި މުދަލާއެކުއެވެ.

މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން އަލުން ފެށުމަށް ބޭނުންވާނެ ސާމާނު އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވީ އުދަރެސް ބޯޓުގައެވެ.

އެނގިފައިވާގޮތުގައި އެ ބޯޓުގައި ހުރީ ސްކޫލުގެ ޕްރިންޓަރުތަކާއި އޭސީތަކާއި މުދައްރިސުންނާއި ދަރިވަރުންނަށް ބޭނުންވާނެ ލޮކަރުތަކާއި މި ނޫންވެސް ތަފާތު އަގު ބޮޑެތި ތަކެއްޗެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތިއްބެވެ. އޭގެތެރެއިން އެކަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އެއީ ބިދޭސީއެކެވެ.

ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވެއެވެ.  އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ.

އެ ބޯޓުން ގެއްލުނު 81 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކަނޑުމަތިން ސަލާމަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އަލިފާނުގެ ހާދިސާގައި ގެއްލުންވި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވުން ފަށަން ތައްޔާރުވެއްޖެ

FB IMG

އަލިފުށީ ގެއެއްގައި ރޯވެ އަނދަނީ

އަަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަކަށް އަސަރެއް ނުކުރާނެ: އިލެކްޝަންސް

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް