ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ، އަނދަމުން އެބަދެއެވެ.
ތެޔޮ ބޯޓުގައި ރޯވީ މިއަދު ހެނދުނު 9:15 ހާއިރެވެ. ފުލުހުންނާއި ރަށު ރައްޔިތުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން އަންނަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަގޮތުގައި އަލިފާންގަނޑު ވަނީ އެ ބޯޓާ ޖެހިގެން ހުރި އުޅަނދުތަކަށް ވެސް ފެތުރިފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް މިހާތަނަށް އެއްވެސް އިދާރާއަކުން ބުނެފައެއްނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު