ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަޔަނިސްޓުން ހަމަ ރަނގަޅަށްވެސް މޮޔަވެއްޖެ، 10 މިނެޓްތެރޭ ލުބުނާނަށް ސަތޭކަ އެތައް ހަމަލާއެއް، އެތަކެއް މަރު

ބެއިރޫތު:

ޒަޔަނިސްޓު ޓެރަރިސްޓު އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ އުދުވާނީ ހަމަލާތަކެއްދީފިއެވެ.

އެގޮތުން 10 މިނެޓް ތެރޭ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެކި ހިސާބުތަކަށާއި، ލުބުނާނުގެ އެހެން ރަށްތަކަށް ސަތޭކައަށްވުރެ ގިނަ ހަމަލާތައް ދީފައިވާ ކަމަށް ލުބުނާނު ސަރުކާރުން ބުނެއެވެ.

ޓެރަރިސްޓުން ހަމަލާތައް ދީފައިވަނީ ބެއިރޫތުގެ އިތުރުން، ދަހިއްޔާއާއި، ބެކާ ވާދީއާއި، މައުންޓް ލެބަނަންގެ އިތުރުން، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށެވެ.

ހޮސްޕިޓަލްތަކާއި، މެޑިކަލް ސެންޓަރުތަކަށާއި އަދި އެމްބިއުލެންސްތަކަށްވެސް ޓެރަރިސްޓުން ބޮންއަޅާފައި ވެއެވެ.

މި ހަމަލާތަކުގައި ސަތޭކައާ ގާތްކުރާ އަދަދަކަށް އާންމުން މަރުވެފައިވާއިރު، 700 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ލުބުނާނު ސަރުކާރުން ބުނެއެވެ.

ގަބުރުސްތާނެއްގައި ކުރިއަށްދިޔަ ޖަނާޒާއަކަށް ބޮންއަޅައި އެކަނިވެސް 10 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވައިރު، މަރުވި ގިނަ މީހުންނަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށް ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޒަޔަނިސްޓު ޓެރަރިސްޓުން ދިން ވަރުގަދަ ހަމަލާތަކުގައި އެތައް ގެއަކާއި އިމާރާތެއް ބިމާހަމަވެފައި ވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް، ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ހަމަލާތައް ދީފައިވަނީ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ.

ޒަޔަނިސްޓު އިސްރާއީލުން ލުބުނާނަށް ވަރުގަދަ ޓެރަރިސްޓު ހަމަލާތަކެއް މިދިނީ، އެމެރިކާގެ ރައީސްގެވެސް ހުއްދައާއެކުކަން ޓްރަމްޕްގެ ވާހަކައިން ވަނީ ހާމަވެފައެވެ. ޓްރަމްޕް ބުނީ، ހަމަލާތައް ހުއްޓާލުމަށް އީރާނާއެކު ވެވުނު އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށެވެ.

އެހެން ނަމަވެސް، އެއްބަސްވުން ހެދުމަށް މެދުވެރިއަކަށްވި ޕާކިސްތާނާއި، އީރާނުން އަދި އެމެރިކާއިން އީރާނުގެ ހުށަހެޅުމަށް އެއްބަސްވެފައި ވާއިރު، އެއްބަސްވުމުގައި ލުބުނާނު ހިމަނާފައި ވެއެވެ.

ޒަޔަނިސްޓު ޓެރަރިސްޓު ދައުލަތުން ލުބުނާނާ ދެކޮޅަށް ހިންގަންފެށި ޖަރީމާތަކާ ގުޅިގެން އީރާނުން މިހާރުވަނީ ހޮރްމޫޒު ކަނޑުއޮޅި އަލުން ބަންދުކޮށްފައެވެ.

އަދި ލުބުނާނުގައި ހިންގި ޖަރީމާތަކަށް ޒަޔަނިސްޓު ދައުލަތަށް އަދަބު ދިނުމަށް، ހަމަލާދޭނޭ ތަންތަން ފާހަގަކޮށް މިހާރު ވަނީ ތައްޔާރުވެފައެވެ. އީރާނުން ބުނެފައިވަނީ، ލުބުނާނާ ދެކޮޅަށް ހިންގާ އުދުވާނުތައް ހުއްޓާނުލައިފިނަމަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުން ވަކިވާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމަލާތައް މަދުކުރަން ޓްރަމްޕް އެންގީމާ އިސްރާއީލުން ބުނީ “ނޯ” އޭ، ހިޒްބުﷲގެ ރައްދުވެސް ފުޅާކޮށްފި

ބެއިރޫތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ، މަރުވި މީހުންގެ އަދަދު 254 އަށް

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭ ކަމަށްބުނެ ޒަޔަނިސްޓުން ލުބުނާނަށް ބޮންއަޅައި އެތައްބަޔަކު މަރައިފި

ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނު އަސްކަރިއްޔާއާ ކޯޑިނޭޓްކޮށްގެން: އީރާނު ޚާރިޖީ ވަޒީރު